މޫނުބުރުގާ އަޅާ ޓީޗަރުންނަކީ ކާކުކަން އެގެންޖެހޭ، ހަމަޖެހުން އޮންނާނީ އެކަކުއަނެކަކަށް އެނގިގެން: ޝިފާޒު

މޫނުބުރުގާ އަޅާ ޓީޗަރުންނަކީ ކާކުކަން އެގެންޖެހޭ، ހަމަޖެހުން އޮންނާނީ އެކަކުއަނެކަކަށް އެނގިގެން: ޝިފާޒު

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2022 08:43
0

މޫނުބުރުގާ އެޅާ ޓީޗަރުންނަކީވެސް ކޮންބައެއްކަން ދަރިވަރުންނަށް އެގެންޖެހޭކަމަށް ވިދާޅުވެ، މޫނު ބުރުގާ އެޅުމާއި ދެކޮޅަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވާހަކަ ދައްކަވައިފިއެވެ.

އެމްޑީޕީގެ ނައިބް ރައީސް މިފަދައިން ވިދާޅުވެފައިވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނޭޅުއްވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް ބުރުގާ ނެގުމަށް އަންގާފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، މުޖުތަމައުގެ އެންމެންވެސް އެކަކު އަނެކަމަށް އިޚްުތިރާމު ކުރަންޖެހޭކަމަށެވެ. ކިޔަވައިދޭ ޓީޗަރުންނަކީ ދަރިވަރުންނަށް ކޮންބައެއްކަން އެނގޭގޮތަށް ތިބުމަކީ މުހިންމު ކަމެއްކަމަށް ޝިފާޒު ވިދާޅުވިއެވެ. ރާއްޖޭގެ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި މި މުޖުތަމައުގައި އުޅޭ އެކަކު އަނެކަކީ ދެނެ ފަރިތަ ބަޔަކަށް ވާންޖެހޭކަމަށް ޝިފާޒު ވަނީ ވިދާޅުވެފައެވެ.

އެންމެ ބޭފުޅުންނަށް އިޚުތުރާމު ކުރަންޖެހޭ. ކިޔަވައިދޭ ޓީޗަރުން އެއީ ކާކުކަން ދަރިވަރުންނަށްވެސް އެނގެންޖެހޭ. މި ކުޑަ މުޖުތަމައުގައި ހަމަޖެހުން ބިނާވާނީ އެންމެ ބޭފުޅުންވެސް ކާކަކީ ކާކުކަން އެނގިގެން.

– އެމްޑީޕީގެ ނައިބް ރައީސް ޝިފާޒު ވިދާޅުވިއެވެ.

އެކަކު އަނެކަކަށް އިޚްތިރާމް ކުރާކަމަށް ޝިފާޒު ވިދާޅުވެ ދެއްކެވި މިވާހަތަކާއި ގުޅިގެން ބައެއް މީހުންވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން އެކަކު އަނެކަކަށް އިޚްތިރާމް ކުރަންޖެހޭކަމަށް ޝިފާޒު ވިދާޅުވިއިރު، މޫނުބުރުގާ އެޅި މީހުންނަށް އިޚްތިރާމް ކުޑަވާގޮތަށް މިފަދަ ވާހަކަތަކެއް ދެއްކުމަކީ އެމީހުންނަށް ކުރާ އިޚްތިރާމު ގެއްލުވާލުމަށް ދެއްކެވި ވާހަކަތަކެއްކަމަށް އޭނާއަށް ރައްދުދިން ބައެއް މީހުން ވަނީ ބުނެފައެވެ.

އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭގޮތުން ކުރާ ތަފާތު ކުރުންތައް ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށް، އެ ސިޓީގައިވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް އެޅޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތު މުރާޖަކޮށްދޭން އެދޭ ކަމަށެވެ. އަދި އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ގޮތެއް އެ ޕާޓީއަށް އަންގަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އަދާލަތުގެ ސިޓީގައި ބުނެފައިވަނީ ހެދުން އަޅަންޖެހޭނީ އިސްލާމީ މިންގަނޑުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މޫނު ބުރުގާ އަޅައިގެން ތިބޭ ޓީޗަރުންނަށް ވެސް ހިދުމަތް ކުރުމަށް ފުރުސަތު އޮންނަން ވާނެ ކަމަށެވެ. ސޓީގައި ވަނީ މީހަކު މޫނު ބުރުގާ އެޅުމަކީ އެމީހެއްގެ ގާބިލް ކަމަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށްވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހައްމަދު
އެހެންވީޔާ މާސްކާއި އައިނު އަޅަންޖެހޭނީކަރުގަ.
ކ ކޮމަންޑޫ އަބުރާހިމް
ކާާކުކަން އެގޭވަރައްހެދުން ކަޟްފުކޮއް އަންހެނާގެ އައުރަފެންނަވަރުވީމަ މިސަރުކާރުގެ ވެރިންނައް ކިރިޔާ މީހުންއެގޭވަރު ވާނީ ???
ޙ ޙުސެން
ޥެބްކެމް ޖައްސަންވީނު ކާކުތޯބަލަން