ގިނަ ދުވަސްތަކެއްފަހުން ކުޑަރިކިލަށް ޑޮކްޓަރަކު ފޮނުވައިފި

ގިނަ ދުވަސްތަކެއްފަހުން ކުޑަރިކިލަށް ޑޮކްޓަރަކު ފޮނުވައިފި

Author
މުޙައްމަދު ޖިމީ
18 ޖެނުއަރީ 2022 07:58
0

ބ.ކުޑަރިކިލު ސިއްޙީ މަރުކަޒަށް މިއަދު ޑޮކްޓަރަކު ފޮނުވައިފިއެވެ.

ޑޮކްޓަރަކު ނެތް މައްސަލާގައި ކުޑަރިކިލު ސިއްހީ މަރުކަޒު ބަންދުކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ނުރުހުން ފާޅުވެސްކޮށްފައެވެ.

އެރަށުން ވާހަކަ ދެއްކި މީހުން ބުނީ އަޑު އުފުލަން ޖެހެނީ އެރަށުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއާއި ކޯވިޑްގެ ބަލި ފެތުރެމުންދާތީކަމަށެވެ. އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10ގައި ވަނީ ޗުއްޓީ އަށް ގޮސްފައެވެ. މިހާރު އެރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ.

ޑޮކްޓަރަކު ނެތް މައްސަލާގައި ކުޑަރިކިލު ސިއްހީ މަރުކަޒު ބަންދުކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ނުރުހުން ފާޅުވެސްކޮށްފައެވެ. އެރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުންތަކެއް އޮވެ އަދި މުޒާހަރާވެސް ކޮށްފައިވަނިކޮށް މިއަދު އެރަށަށް ފޮނުވި ޑޮކްތަރު ވަނީ މިހާރު އެރަށަށް ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.