އެޑިއުކޭޝަން މިނިސްޓްރީން އިސްލާމް ދީނާއި ޚިލާފަށް ރާވާ މަކަރުވެރި ރޭވުންތައް ހުއްޓުވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ގޮވާލައިފިއެވެ.
ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މޫނު ބުރުގާ އެޅި ޓީޗަރުންގެ މޫނު ބުރުގާ ނެގުމަށް އަމުރު ކުރަމުންދާ ކަމަށް އަޑު ފެތުރިފައިވާ މިދަނޑިވަޅުގައި ޑރ.އިޔާޒު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އެކި ހާލަތްތަކުގައި ދީނާއި ޚިލާފް އެކި ކަންކަން ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އަރަބި އިސްލާމީ ތަޢުލީމުދޭ މަރުކަޒުގެ "އަރަބިއްޔާ އުވާލަން" ކުރި މަސައްކަތް ކާމިޔާބު ނުވުމުން މިއަދު މިނިސްޓްރީން ދިމާކުރަމުންދަނީ ރާއްޖޭގެ ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ތިބި ކަނބަލުން ވަޒީފާއިން ވަކި ކުރުމަށް ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ވަރަކަށް ޖާގަ ދީގެންވާ ނެކަމެއް ނޫންކަމަށާއި، މިކަންކަން ހުއްޓުވުމަށް ޑރ.އިޔާޒު ވަނީ ރައީސް ޞާލިހަށް ގޮވާލާފައެވެ.
އަރަބިއްޔާ އުވާލަން އުޅެ އެކަން ނުވުމުން ދީން ވެރިކަން ހުރި ޓީޗަރުން ބޭރުކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރަން. އެޑިއުކޭޝަން މިނިސްޓްރީން ދީނާއި ޚިލާފަށް ރާވާ މަކަރުވެރި ރޭވުންތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލަން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނުބުރުގާ އެޅި ޓީޗަރުންނަށް މޫނު ބުރުގާ ނެގުމަށް މީގެ ކުރިންވެސް ވަނީ އެކި އެންގުންތައް އަންގާފައެވެ. އަދި ބައެއް ޓީޗަރުންނަށް ވަނީ މޫނު ބުރުގާ ނުނަގައިފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުވެސް ދީހަދާފައެވެ.
2 Responses
މޫނު ބުރުގާ އެޅުމަކީ ދީނާ ޚިލާފުވުމެއް ނޫން. ވަކި ބައެއްގެ ދީނީ ފިކުރާ ތައާރަޒުވާކަމެއް. ރާއްޖޭގައި ހައްދުފަހަނަ އަޅާފައި ތިބޭ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ސިޔާސީ މަންފާއެއް ހޯދަންއުޅޭ "ދީނީ އިލްމުވެރިން" ނާމެދު ރައްޔިތުން ހޭލުންތެރިވާންޖެހޭ.
ތިހުރިހާކަމެއްގެވެސްް ހުރިހ ނުބައެއްހަދަނ ތިކިޔ އިބުރާްްހިމްް މުޙައްމަދ ނުލަފާސޯލިހުއާއިި ކެނެރީގ ލާދީނ ނަސީދ އަޑީގައ ހުރެގެނ ލާދީނ އިންޑިޔާއެދިގެނ