ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު ފަލާހު ޕްލޭނިންގެ ނައިބަކަށް

ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު ފަލާހު ޕްލޭނިންގެ ނައިބަކަށް

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2022 02:54
0

ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ފަލާޙް ޝަރީފް ޕްލޭނިން މިނިސްޓްރީގެ ނައިބަކަށް ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ފުވައްމުލައް ސިޓީ، ފުނާޑު، މާނެލް، ޢަބްދުﷲ ފަލާޙް ޝަރީފް އައްޔަން ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ޢަބްދުﷲ ފަލާޙް ޝަރީފް މީގެ ކުރިން ވަނީ ޏ. އަތޮޅުކައުންސިލުގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަޤާމު ފުރުއްވާފައެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ގިނަ އަދަދެއްގެ ސިޔާސީ މަޤާމު އުފެއްދުމަށް ވަނީ ޖާގަ ދީފައެވެ. އަދި ކުރިއަށް އޮތް އިންތިޚާބާއި ދިމާކޮށް އިތުރު ސިޔާސީ މަޤާމުތައް އުފެދިގެން ދިއުމަކީ ގާތްކަމެއްކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.