ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2022 02:15
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރީ ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކޮލަމްބޯއަށް ވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސްގެ މިދަތުރުފުޅާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސާގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިހިނގާ ޖަނަވަރީ މަހުގެ 16 އިން 18 އަށް ސްރީ ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.

މިދަތުރުފުޅަކީ 5 ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ސެޝަންއަކީ ސްރީ ލަންކާގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި، އެހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަންއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮލަމްބޯއަށް ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ އިސްވެރިން އަދި އެ ޤައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.