ޓީޗަރުންނަށް މޫނުބުރުގާ ނެގުމަށް އަމުރު ކުރަމުންދާ އިދާރާތަކުން ބިރުވެތިވާންޖެހޭ: ޒައިދު

ޓީޗަރުންނަށް މޫނުބުރުގާ ނެގުމަށް އަމުރު ކުރަމުންދާ އިދާރާތަކުން ބިރުވެތިވާންޖެހޭ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2022 01:00
0

ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މޫނު ބުރުގާ އެޅި ޓީޗަރުންގެ މޫނު ބުރުގާ ނެގުމަށް އަމުރު ކުރަމުންދާ ކަމަށާއި، މިކަމަށް އަމުރު ކުރަމުންދާ ފަރާތްތަކުން މާތް ރަސްކަލާންގެއަށް ބިރުވެތި ވާންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް މޫނުބުރުގާ ނެގުމަށް އަމުރު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކޮށް ޝައިޚު ޒައިދު ވިދާޅުވީ، މިފަދަ ވިޔާނުދާ އަމުރުތައް އެއްވެސް އިދާރާއަކުން ނެރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.

މުވައްސަސާތަކުން މިފަދަ އަމުރުތައް ނެރެމުންދާއިރު، ކޮންމެ މުވައްސަސާއަކުންވެސް މާތް ރަސްކަލާންގެއަށް ބިރުވެތި ވާންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ. ވެރިކަމަކީ ހިނދުކޮޅެއްގެ ކަމަކަށްވާއިރު، ލިބޭ ބާރާއިއެކު ދީނީގޮތުން އޮންނަން އުސޫލުތަކާއި ހުކުމްތަކަށް އަރައިގަތުމުގެ ބާރު އެއްވެސް އިދާރާއަކަށް ލިބިގެން ނުވާކަމަށް ޒައިދު ވިދާޅުވިއެވެ.

މޫނު ބުރުގާ ނަގަން ބައެއް ސްކޫލުތަކުގެ ޓީޗަރުންނަށް އަންގަމުން ދާކަމަށް ޚަބަރުލިބޭ! މިކަހަލަ ވިޔާނުދާ އަމުރު އެއްވެސް ފަރާތަކުން ނެރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން! މުއައްސަސާތަކުގެ ވެރިން މާތް ރަސްކަލާންގެއަށް ބިރުވެތިވުމަށް ހަނދާންކޮށްދެން! ވެރިކަމަކީ ހިނދުކޮޅެއްގެ ކަމެއް އިނގޭތޯ.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

ޒައިދުގެ މިޓޫވީޓަށް ތާއީދު ކުރައްވައި ޑރ.އިޔާޒު ވިދާޅުވީ އެއްވެސް އިދާރާއަކުން ނެރޭ މިފަދަ އަމުރުތައަކަށް ކިޔަމަންވާން ނުޖެހޭނެކަމަށެވެ.

މިފަދަ އަމުރުތަކަށް ކިޔަމަންތެރި ވާކަށް ނުޖެހޭނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނުބުރުގާ އެޅި ޓީޗަރުންނަށް މޫނު ބުރުގާ ނެގުމަށް މީގެ ކުރިންވެސް ވަނީ އެކި އެންގުންތައް އަންގާފައެވެ. އަދި ބައެއް ޓީޗަރުންނަށް ވަނީ މޫނު ބުރުގާ ނުނަގައިފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުވެސް ދީހަދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
މިސަރުކާރުން ބުރުގާ ނަގަން ނާންގާނެ...ދީނީ ކަންކަމަށް މިވަރުގެ ސަރުކާރެއް ނޯންނާނެ.....ތިބޭފުޅާގެ ސަޕޯޓު މުހިއްމު....ތިޔަ ކަހަލަ ވާހަކަ ނުދައްކަވާ....ބާރަށް ހިފަހައްޓަވާ.
ެ ެނާނާ
ޢެޑިއުކޭޝަންގެ ޕީ އެސް ތިކަމަށް އަންނީ މިއުޒިކާއެކު ސްކޫލް ލަވަ ކިޔުއްވަންވެސް ވަރަށް ފޯރިއަރުވާލާ މީހެއް އެއީ