މިވޯޓަކީ ރާއްޖޭގެ ރަށްތައް ފަޅުކޮށް، ވިއްކާލުމުގެ ފިކުރު ބަލިކޮށްލަންޖެހޭ ވޯޓު: ޝާހިދު

މިވޯޓަކީ ރާއްޖޭގެ ރަށްތައް ފަޅުކޮށް، ވިއްކާލުމުގެ ފިކުރު ބަލިކޮށްލަންޖެހޭ ވޯޓު: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2022 02:34
0

އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ވޯޓަކީ ރާއްޖޭގެ ރަށްތައް ފަޅުކޮށް، ވިއްކާލުމުގެ ފިކުރާއި ދެކޮޅަށް ދެވޭ ވޯޓަކަށް ހަދަންޖެހޭ ކަމުގައި ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިންގައި މަރޮށީފައި ކެމްޕެއިން ޖަގަހަ ހުޅުވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ފިކުރަކީ ރާއްޖޭގެ ރަށްތައް ނައްތާލައި، ރައްތައް ފަޅުކޮށް، ވިއްކާލުންކަމަށެވެ. މިއީ ދިވެހި ރައްޔިތުން ގަބޫލު ނުކުރާ ތާއީދު ނުކުރާ ފިކުރެއްކަން މިއިންތިޚާބުގައި ދިވެހި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ހާމަކޮށްދޭން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ޕީޕީއެމުން ބޭނުންވަނީ ރާއްޖޭގެ ރަށްތައް ފަޅުކޮށްލާފަ، އެރަށްތައް ވިއްކާލަން. މީގެ ކުރިން މިދިޔަ ފަސް އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ފެނިއްޖެ ރާއްޖޭގެ ރަށްތަކަށް ހަދާފައި އޮތްގޮތް. މިގޮޑިއަކީ އަޅުގަނޑުމެން މިދާއިރާގެ ރައްޔިތުން ޕީޕީއެމްގެ ސިޔާސަތަށް ބޮޑުތަނުން ނޫނެކޭ ބުނެ އަޅުގަނޑުމެންގެ ކެނޑިޑޭޓް ރާޝިދަށް ވޯޓުދޭންވީ ވަގުތު.

– ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޮމަންޑޫ ދާއިރާއަކީ މަރުހޫމް ހުސެއިން ވަހީދުގެ މިންނެތް މަސައްކަތް ފެންނަން އޮތް ދާއިރާއެއް ކަމަށެވެ. މިއަދު އެދާއިރާގެ ކަންކަމާއި ހަވާލުވާން ޖެހޭނީ އެކަން ކުރެވޭނެ އެކަން ނިންމޭނެ އެފިކުރުމުގެ ބޭފުޅެއް ކަމަށާއި، އެއީ ރާޝިދުކަމަށް، ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދާއި، ސަރުކާރުގެ މަތީފަންތީގެ ވަފުދެއް މިއަދު މަރޮއްޓަށް ވަޑައިގަތުމުން، އެރަށުްނ ކިޔާފައިވަނީ ވަރަށް ފިނި މަރުހަބާއެކެވެ. މަދު ބަޔަކާއިއެކު ޝާހިދާއި، ޓީމަށް މަރުހަވާ ކިޔާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ސަރުކާރުން މަރޮށި ރައްޔިތުން ދިން މެސެޖެއްކަމަށެވެ. ކޮމަންޑޫ ދާއިރާއަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި މަރުހޫމް ހުސެއިން ވަހީދުގެ ދަރިކަނލުންވެސް ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.