ކޯވިޑް ޓެސްޓް ފަސޭހައިން ހެދޭނެ އިންތިޒާމު ހަމަޖެއްސުމާއިމެދު، ކެބިނެޓުގައި މަޝްވަރާކޮށްފި

ކޯވިޑް ޓެސްޓް ފަސޭހައިން ހެދޭނެ އިންތިޒާމު ހަމަޖެއްސުމާއިމެދު، ކެބިނެޓުގައި މަޝްވަރާކޮށްފި

ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ބަޔަކށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖޭގައި މިދުވަސްވަރު ކޯވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދުވަނީ މަޝްވަރާ ކުރައްވައިފައެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ކޯވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެވުމާ ގުޅޭގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މެންބަރުން މަޝްވަރާކުރެއްވިއެވެ.

ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ދިނުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ރާއްޖޭގައި 27،000އަށްވުރެ ގިނަ މީހުންވަނީ ކޯވިޑް ބޫސްޓަރ ޑޯޒް ޖަހާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *