އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން ބަރޯސާވެވޭނެ ފަދަ ގައުމެއް ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، މުނޫ މަހާވަރު، މިނިސްޓަރ ޝާހިދުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރާތުގައި ދެބޭފުޅުންވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، އަދި އެކި ދާއިރާތަކުން ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ދެބޭފުޅުން ވަނީ ރައީސް ޞާލިހުގެ މިވީ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި، އިންޑިއާއާއި އެކު ގުޅުން އިތުރަށް ހަރުދަނާވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުންވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން ވެސް މަޝްވަރާކުރައްވާފައެވެ.
High Commissioner of India to Maldives, H.E. Munu Mahawar paid a courtesy call on the Minister of Foreign Affairs of Maldives H.E. @abdulla_shahid
???? Press Release | https://t.co/MwQmFkDSrV pic.twitter.com/1miSq764kl
— Ministry of Foreign Affairs ???????? (@MoFAmv) January 11, 2022
މިބައްދަލުވުމުގައި މިނިސްޓަރ ޝަހިދުވަނީ، ކޯވިޑް-19ގެ ހާލަތުގައި އިންޑިއާއިން ރާއްޖެއަށް ދެއްވާފައިވާ ދީލަތިއެހީތެރިކަން ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ އެހީތަކުން އިންޑިއާއަކީ ކޮންމެފަދަ ހާލަތެއްގައިވެސް ބަރޯސާވެވޭފަދަ ޤައުމެއްކަން ހާމަވާ ކަމަށެވެ.
އިންޑިއާއިންދަނީ ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މިދިޔަ އަހަރުވެސް އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ 8 މަޝްރޫޢެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ކޮމެންޓު ފޮނުވާ