ހިޔާ ފްލެޓްތަކުގެ ލިފްޓް ކައިރީގައި މީހުން ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް އެސަރަހައްދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި މިހާރު ގިނަ ޢަދަދެއްގެ ބަޔަކު އަންނަނީ ދިރިއުޅެމުންނެވެ. އެ ޢިމާރާތްތަކުގައި ބޭނުންކުރުމަށް ކޮންމެ ޓަވަރެއްގައި ޤާއިމްކޮށްފައިވަނީ 4 ލިފްޓެވެ. އަދި ލިފްޓް ހިމެނޭ ލޮބީ ސަރަހައްދަކީ ޖާގައިގެ ގޮތުން ހަނި ތަނެކެވެ. އެހެންކަމުން ޕީކް ގަޑިތަކުގައި އެތަނުގައި މީހުން ތޮއްޖެހި ގިނަ ދަތިތަކާއި އެ ޢިމާރާތުގައި ދިރިއުޅޭ މީހުންނަށް ވަނީ ކުރިމަތިލާންޖެހިފައެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ ލިފްޓެ ހުންނަ ލޮބީ ސަރަހައްދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން އެސަރަހައްދުގައި ހުރި ބައެއް ފާރުތައް ތަޅާލާ ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް ބައެއް ފްލެޓްތަކުގައި ވަނީ ފަށާފައެވެ.
Our Facilities Management team is currently working on extending the Hiyaa Flat’s lift lobby area to solve the issue of congestion during peak hours. pic.twitter.com/7IQxICTtGg
— HDC (@hdcmaldives) January 11, 2022
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އާއްމުން މިހާރު ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާގުޅިގެން އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.