އާބާދީ އެއްދިމާއަކަށް ތޮއްޖެއްސުން ހުއްޓުވުން މުހިންމު: އަލީ ހުސެއިން

އާބާދީ އެއްދިމާއަކަށް ތޮއްޖެއްސުން ހުއްޓުވުން މުހިންމު: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2022 08:51
0

ރައްޔިތުންގެ ހަމަޖެހުމާއި، ފަސޭހަކަމާއިއެކު ދިރިއުޅެވޭނެ ގޮތެއް ފަހިކުރުމަށްވެސް އާބާދީ އެއްދިމާއަކަށް ތޮއްޖެހުން ހުއްޓުވުން މުހިންމު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެއްފަސްކުރުމުގެ ހައްލަކަށް އަދިވެސް އޮތީ މާލެ އާއި މާލެ ސަރަހައްދު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ. މާލެ ސަރަހައްދަކީ އަދިވެސް އެނެމް ބޮޑަށް ކުރިއަރައި ގިނަ ބަޔަކު އުޅޭ ސަރަހައްދަށްވުމުން، މިސަރަހައްދަކީ އާބާދީ އެއްފަސް ކުރުމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީންގެ ވާހަކަތަކާއި ގުޅިގެން އަލީ ހުސެއިން ވިދާޅުވީ މާލެ ސަރަހައްދަށް މީހުން ތޮއްޖެއްސުމަކީ ހައްލެއް ނޫންކަމަށެވެ. މިހާރުވެސް ގިނަ ބަޔަކު މިސަރަހައްދުގައި ދިރިއުޅެމުންދާއިރު، ހިތްފަސޭހަ ކަމާއި އުފާވެރިކަމެއް ނުލިބޭކަމީ އޮތް ޝަކުވާ ކަމަށާއި، އާބާދީ އެއްފަސް ކުރުމުގައިވެސް ތޮއްޖެއްސުން ހުއްޓުވަން ޖެހޭކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

މާލެއަށް އިތުރަށް ޡޮއްޖެއްސުންނޫން އެހެންގޮތެއް ބޭނުން އެބަވޭ. ޢާންމު ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކުރުމަށްޓަކައިވެސް އާބާދީ އެއްދިމާއަކަށް ތޮއްޖެހުން ހުއްޓުވުން މުހިންމު.

– އަލީ ހުސެއިން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި އެއްފަސްކުރި ނަމަވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަސީލަތްތައް ނެތުންކަމަށެވެ. އާންމު މުޖުތަމައަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް މާލެ ސަރަހައްދުގައި ހުރި ފެންވަރަށް ގެންދެވުމަކީ އަދި އަހަރުތަކެއް ހޭދަވާނެ ކަމެއްކަމަށެވެ. ވަކިވަކި ރަށްތަކުން މިސާލު ނަންގަވަމުން ރައީސް ޔާމީން ވިދާޅުވީ، އައްޑޫ ސިޓީއާއި، ކުޅުދުއްފުއްޓާއި، ތިނަދޫފަދަ ތަންތަނުގައިވެސް އެންމެ ބޭނުންވާ މިންވަރަށް ވަސީލަތް ނެތުމަކީ އެރަހައްދުތަކުގެ އެންމެ ބޮޑު ޝަކުވާކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މާލެ ސަރަހައްދު އެފަސްކޮށް، އަދިވެސް މީހުންނަށް ދިރިއުޅެވޭނެ އެތަކެއް ޖާގަތަކެއް ތަނަވަސް ކޮށްދެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރުމުގެ އިހުލާސްތެރި ނިޔަތެއް އޮންނަން ޖެހޭކަމަށެވެ. ކޮންމެ ވެރިއަކުވެސް ވެރިކަމަށް އަންނަނީ ފަސް އަހަރުގެ ދައުރަކަށް އެދައުރުގައި ކުރެވޭނެ ވަރުގެ ކަންތައްތަކެއް ހިފައިގެން ކަމަށްވާއިރު، 20، ނުވަތަ 30 އަހަރުން ނިންމޭ ކަންކަން ހިފައިގެން އެއްވެސް ސިޔާސީ ލީޑަރު ނާންނާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.