ދޯންޏެއް އަޑިޔަށްގޮސްގެން، މީހުން ހޯދުމުގެ މަސައްކަތް ފަށައިފި

ދޯންޏެއް އަޑިޔަށްގޮސްގެން، މީހުން ހޯދުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2022 08:08
0

ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރަމުން އައި ދޯންޏެއް އަޑިޔަށް ދާތީ އެ ދޯންޏާއި އެ ދޯނީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަޑިޔަށް ދާކަމުގެ މައުލޫމާތު ލިބިފައިވަނީ "އަލަމާ-05″ ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. އަދި މި ދޯނި އޮތީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުގައިކަމަށާއި މިހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 23:22 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ދޯނީގައި ދަތުރުކުރަމުން އައީ 3 މީހުންކަމަށާއި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.