ޙަންނާން ކޮމަންޑޫ ދާއިރާގެ ހުޅުމާލޭގައިތިބި ރައްޔިތުންނާ ބައްދަލުކޮށްފި

ޙަންނާން ކޮމަންޑޫ ދާއިރާގެ ހުޅުމާލޭގައިތިބި ރައްޔިތުންނާ ބައްދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2022 08:02
0

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޢަބްދުލް ޙައްނާން އިދުރީސް ޙަންނާންގެ ހުޅުމާލޭ ކެމްޕޭން ޖަގަހައިގައި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.

ރޭ 8:00 އިން 10:00 އަށް ކުރިއަށްދިޔަ މިހަރަކާތުގައި ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫ ދާއިރާގެ ބައެއް ރައްޔިތުން ވަޑައިގެން ހަންނާނާއި ވަނީ ބައްދަލު ކުރައްވާފައެވެ.

ޙަންނާން އަންނަނީ ގެންދަަވަނީ އެމްއެންޕީގެ ލީޑަރޝިޕާއެކު ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ދާއިރާގެ ތިން ރަށަށް ވަޑައިގެން ކެމްޕޭންގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ސިޔާސީ ގޮތުން މީގެ ކުރިން އެއްވެސް ޕާޓީއަކާ އެކުގައި މަސައްކަތް ކުރައްވާފައި ނުވާ ޙަންނާން ސިޔާސީ ހަރަކާތައް އަލަށް ނިކުންނެވީ އެމްއެންޕީއާ އެކުގައެވެ.

އެމްއެންޕީގެ ކެންޑިޑޭޓް ޢަބްދުލް ޙައްނާން އިދުރީސްއަކީ ތަޢުލީމީ ދައިރާގައި ގިނަ ދުވަސްތަކެއް ޚިދުމަތް ކުރައްވާފައިވާ ޤާބިލް ބޭފުޅެކެވެ. ތަޢުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ޙަންނާނަކީި މުދައްރިސެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން ސުޕަވައިޒަރކަމާއި ހެޑް މާސްޓަރ ކަމުގެ އިތުރުން ޕްރިންސިޕަލްގެ ރޯލުވެސް ވަނީ ފުރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.