އެމްއެންޕީގެ ޚާރިޖީ ސިޔާސަތަކީ މެދުމިނުގެ ސިޔާސަތެއް: ރިޔާޒު

އެމްއެންޕީގެ ޚާރިޖީ ސިޔާސަތަކީ މެދުމިނުގެ ސިޔާސަތެއް: ރިޔާޒު

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2021 11:22
0

އެމްއެންޕީގެ ޚާރިޖީ ސިޔާސަތަކީ މެދުމިނުގެ ޚާރިޖީ ސިޔާސަތެއް ކަމުގައި އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

މިމަހުގެ 20 ވަނަ ދުވަހު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ އެމްއެންޕީގެ ޚާރިޖީ ސިޔާސަތަކީ ހުރިހާ ޤައުމަކާއެކުވެސް ގާތް ގުޅުމެއް ބާއްވާނެ ގޮތަށް ފަރުމާކުރެވިފައިވާ ސިޔާސަތެއް ކަމުގައެވެ. އެގޮތުން މުސްލިމް ޤައުމުތަކާ ވަކިން ޚާއްޞަ ގުޅުމެއް ބާއްވާނެކަމަށް ޕީޖީ ލީޑަރ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޚާރިޖީ ސިޔާސަތަކީ އަޅުގަނޑުމެން ހުރިހާ ޤައުމުތަކަކާވެސް، ވަކިން ޚާއްޞަކޮށް މުސްލިމު ޤައުމުތަކާއިއެކީ ވަރަށް ގާތް އެކުވެރި ގުޅުމެއް ބޭއްވުން. ޚާރިޖީ ސިޔާސަތު އެގޮތަށް އޮންނަން ޖެހޭނެކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ.

– އެމްއެންޕީގެ ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން އެމްއެންޕީގެ ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން ރިޔާޒު ވިދާޅުވީ ބަންގްލަދޭޝްއަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއް ކަމުގައެވެ. އަދި އަޅުގަނޑުމެން ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެޤައުމު ކަމުގައެވެ. ދިވެހި ރާއްޖޭގައިވެސް ވަރަށް ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ރައްޔިތުން އެކި ފަންތީގައި މަސައްކަތް ކޮށްދެއްވަމުން އެބަ ގެންދަވާ ކަމުގައެވެ.

އޭގެ އިތުރުން، ބަންގްލަދޭޝްއަކީ އިންޑިއާ އަދި ޗައިނާއާ ފަދަ ބޮޑެތި ޤައުމުތަކާއެކުވެސް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި މިސަރަހައްދުގައި އިޤްތިޞާދީ ގޮތުން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޤައުމެއްގެ ގޮތުގައި ރިޔާޒު ވަނީ ބަންގްލަދޭޝް ސިފަކުރައްވާފައެވެ. އަދި ބަންގްލަދޭޝްއަކީ ކައުންޓަރ ހައްދުފަހަނައެޅުމާއި ކައުންޓަރ ޓެރަރިޒަމްގެ ކަންކަމުގައި ދޭދޭ ޤައުމުތަކުގެ މެދުގައި މަސައްކަތްކުރުމުގެ ނަމޫނާއެއް ކަމުގައެވެ. އަދި މިފަދަ މުހިންމު އެކުވެރި ޤައުމެއްގެ ބޮޑުވަޒީރަށް ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމުގެ ފުރުޞަތު ލިބިފައި ނެތުމަކީ އެމްއެންޕީއިން ހިތާމަކުރާ ކަމެއްކަމުގައި ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.