ބިހެއްގެ ތެރޭގައި ރައްކާވެފަ އޮތް، 70 މިލިއަން އަހަރުވީ ޅަ ޑައިނަސޯއެއް ސައިންސްވެރިން ހޯދައިފި

ބިހެއްގެ ތެރޭގައި ރައްކާވެފަ އޮތް، 70 މިލިއަން އަހަރުވީ ޅަ ޑައިނަސޯއެއް ސައިންސްވެރިން ހޯދައިފި

Author
ހުސެއިން
22 ޑިސެމްބަރ 2021 08:15
0

ޑައިނަސޯއެއްގެ ބިހުގެ ތެރޭގައި ފުރިހަމައަށް ރައްކާވެފަ އޮތް، ޅަ ޑައިނަސޯއެއްގެ ކަށިތައް ސައިންސްވެރިން ހޯދާއިފިއެވެ.

ސައިންސްވެރިން ހޯދާފައިވާ 70 މިލިއަން އަހަރުވެފައިވާ، ހިލައިގެ ތެރޭގައި އޭގެ ޒާތުގައި ވަރަށް ފުރިހަމަކަމާއެކު ރައްކާކުރެވިފައިވާ (ފޮސިލް)، ޅަ ޑައިނަސޯގެ އަކީ އޭރު ދުނިޔޭގައި އުޅެފައިވާ އޯވިރެޕްޓޯރިޑް ނަމަކަށް ކިޔާ ބާވަތެއްގެ، ބިހުގެ ތެރޭގައި ޅަ ޑައިނަސޯއެއްގެ ސިފަ ލިބޭވަރަށް ބޮޑުވެފައިވާ ޑައިނަސޯއެއްކަމުގައި ސައިންސްވެރިން ބުނެފައި ވެއެވެ.

މި ޑައިނަސޯއަށް ސައިންސްވެރިން ދީފައިވާ ނަމަކީ، ބޭބީ ޔިންގކިއާންގ އެވެ. މި ނަން ދެވިފައިވަނީ މި ޑައިނަސޯގެ ކަށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ދާރުލްއާސާރުގެ ނަމަށް ނިސްބަތް ކޮށެވެ.

ބިހުގެ ތެރޭގައި ޑައިނަސޯރ އޮތް ގޮތް ދައްކުވައިދޭ ކުރެހުމެއް

ޅަ ޑައިނަސޯތަކުގެ ކަށިތަކަކީ އާދަޔާ ޚިލާފަށް މަޑު ކަށިތަކަކަށް ވެފައި، އަދި ސައިޒުން ކުޑަ ކަށިތަކަކަށް ވުމާއެކު، މިގޮތަށް، ހިލަ ތަކުގައި ކަނޑާނެގި، ރައްކާ ކުރެވިފައި ހުންނަނީ ވަރަށްވެސް މަދުންކަމުގައި ސައިންވެރިންވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ވަރަށް ފުރިހަމައަށް ރައްކާތެރި ވެފައިވާ، މި ޅަ ޑައިނަސޯގެ ކަށިތައް ފެނިގެން ދިއުމަކީ ވަރަށް ބޮޑު ނަސީބެއް ކަމުގައި ކެނެޑާގެ ޔުނިވަރސިޓީ އޮފް ކަލްގަރީގެ ޑިޕާޓްމަންޓް އޮފް ޖިއޯސައިންސްގެ އެސޯޝިއޭޓް ޕްރޮފެސަރ ޑާރލާ ޒެކެނިސްކީ ވިދާޅުވެފައި ވެއެވެ.

"މިއީ ވަރަށް އާދަޔާ ޚިލާފު އަސްލެއް.. ޑައިސޯގެ ބިހާބެހޭ ގޮތުން އަހަރެން ހޯދުންތައް ހޯދަމުންދާތާ 25 އަހަރު ވެގެން ދިޔައީ، މިއަދާ ހަމައަށް އަދި މިފަދަ ހޯދުމެއް ފެނިފައެއް ނުވޭ،" ޒެކެނިސްކީ ވިދާޅު ވެފައި ވެއެވެ. ޒެލެނެސްކީއަކީ، މި ހޯދުމުގެ ދިރާސާ މި ހަފްތާގެ އަންގާރަ ދުވަހު ޝާއިއު ކޮށްފައިވާ ޖާނަލް ކަމުގައިވާ އައިސައިންސްގެ ކޯ އޯތަރ އެކެވެ.

ސައިންސްވެރިން ހޯދާފައިވާ ޑައިނަސޯގެ މި ބިހުގެ ދިގުމިނުގައި 17 ސެންޓިމީޓަރު (7 އިންޗި) ހުރެއެވެ. އަދި ބިހުގެ ތެރޭހައި އޮތް ޅަ ޑައިނަސޯގެ ދިގު މިނުގައި 27 ސެންޓިމީޓަރ (11 އިންޗި) ބޮލުން ނިގުލާ ހަމައަށް ހުރެއެވެ.

ސައިންސްވެރިން ލަފާ ކޮށްފައިވާ ގޮތުގައި، މި ޑައިނަސޯ އޭގެ ފުރާވަރާ ހަމައަށް ދުނިޔޭގައި ދިރިހުރިނަމަ، އޭގެ ދިގުމިނުމިނުގައި 2 މީޓަރާއި 3 މީޓަރާއި ދެމެދުގެ މިނެއް ހުންނާނެއެވެ.

ޑައިނަސޯ ބިހުގެ ތެރޭގައި ބޮޑުވެފައިވާ މަންޒަރު ސިފަކޮށްދޭ އިލަސްޓްރޭޝަންއެއް

މި ޅަ ޑައިނަސޯ ފެނިފައިވަނީ  ޗައިނާގެ ޖިއާންގޒި ޕްރިވިންސުންނެވެ.

ހިލައިގެ ތެރެއަށްވަދެ ކަނޑާނެގިފައިވާ (ފޮސިލް) މި ޅަ ޑައިނަސޯގެ ކަށިތައް 2000ވަނަ އަހަރު ލިބުނީ ޗައިނާގެ ސްޓޯން ކޮންޕެނީއެއް ކަމުގައިވާ ޔިންގލިއާންގ ގުރޫޕްގެ އެއް ޑައިރެކްޓަރ ކަމުގައިވާ ލިއާންގ ލިއުއަށެވެ. އެއަށްފަހު މި ކަށި ރައްކާކުރެވިފައިވާ ހިލަ (ފޮސިލް) 10 އަހަރު ވަންދެން ހުރެފައިވާ އޭނާގެ ކުންފުނީގެ ސްޓޯރޭޖުގައެވެ. 10 އަހަރުފަހުން، މި ފޮސިލް ފެނިފައިވަނީ މި ކުންފުނިން ސަބްސިޑައިޒް ކޮށްގެން ބިނާ ކުރި ޔިންގލިއާންގ ސްޓޯން ނޭޗަރ ހިސްޓޮރީ މިއުޒިއަމް ބިނާ ކުރުމަށްޓަކާ ސްޓޯރޭޖުގައި ހުރި ފޮށިތައް ދާރުލްއާސާރުގެ މުވައްޒިފަކު ނަގާ ހޭވުމުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.