ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނީ، ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/XjWoMLRcso
— MTCC Plc (@MTCCPlc) December 19, 2021
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 8.10 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، 2 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ، ޕިކްނިކް އައިލެންޑް ގެ ގޮތުގައި އެމްޓީސީސީން ބިންހިއްކާ 3 ވަނަ މަޝްރޫޢެވެ. މިގޮތުން، އެކުންފުނީގެ ފަރާތުން ކ. ގުރައިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑް ވަނީ ހިއްކާފައެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގައި ޕިކްނިކް އައިލެންޑް ގެ ގޮތުގައި ތަރައްޤީ ކުރާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑް ގެ ބިންހިއްކުމުގެ މަސައްކަތްވެސް ފަށާފައިވެއެވެ.
ކޮމެންޓު ފޮނުވާ