މެލޭޝިއާއަށް ބޯކޮށް ވާރޭވެހި، ދަތުރުފަތުރަށް ބުރޫ އަރާ، އެތައް ބަޔަކު ގެދޮރު ނެތިއްޖެ

މެލޭޝިއާއަށް ބޯކޮށް ވާރޭވެހި، ދަތުރުފަތުރަށް ބުރޫ އަރާ، އެތައް ބަޔަކު ގެދޮރު ނެތިއްޖެ

Author
ހުސެއިން
19 ޑިސެމްބަރ 2021 01:55
0

މެލޭޝިއާއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި، ދަތުރު ފަތުރަށް ބުރޫއަރާ، ފެން ބޮޑުވުމުގެ ސަބަބުން 22،000 މީހުން ރައްކައުތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިއްޖެއެވެ.

މިހަފްތާގެ ހުކުރު ދުވަހުން ފެށިގެން މެދުނުކެޑި ބޯކޮށް ވާރެ ވެހެމުން ދިއުމުގެ ސަބަބުން، ހަތަރު ސިޓީއެއްގައި ފެންބޮޑުވެ، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރަން ޖެހިފައިވާ ކަމުގައި އެގައުމުގެ ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނެފައި ވެއެވެ.

އެންމެ ބޮޑަށް ފެންބޮޑުވި ސިޓީތައް ކަމުގައިވާ ސެލަންގޯރ، ކެލަންޓަން، ޓެރެންގާނު، ޕަހާންގ، ނެގެރި ސެމްބިލަން، އަދި މަލަކާގެ މަގުތަކުގައި ފެން ބޮޑުވެ، ދުއްވާ އެއްޗެއްސަށް ދަތުރު ނުކުރެވި، ރޭގަޑުގެ ވަގުތު، މަގުތަކުގައި ކާރުތަކުގައި މީހުންނަށް ނިދަން ޖެހިފައިވާ ކަމަށްވެސް ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

އަދި ވިއްސާރައިގެ ސަބަބުން މެލޭޝިއާގެ ޕޯޓު ކްލާންގގެ އެއަރޕޯޓުގެ ޝެޑިއުލްތަކަށްވެސް ވަނީ ބުރޫ އަރާފައެވެ.

ވާރޭވެހުން ހުއްޓުމަކަށް އައިސްފައި ނުވާތީ، މެލޭޝިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުންވަނީ ހޮނިހިރު ދުވަހުގެ ހެނދުނު، ސެލަންގޯރ، ކުއަލަރ ލަމްޕޫރު އަދި ޕަހާންގގައި ރެޑް އެލާރޓް ނެރެފައެވެ. އަދި ވަނީ ޕެރާކް، ކެލަންޓަން، ޕުޓްރަޖާޔާ، އަދި ނެގެރި ސެމްބިލަންއަށްވެސް ބޯކޮށް ވާރޭހޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މެލޭޝިއާގެ ސްޓޭޓް ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުންވަނީ، ކްލާންގ ސިޓީގައި ފޮންބޮޑުވެ ގެދޮރު ނެތުނު 2،600 މީހުންނަށް ބޯހިޔާވަހިކަން ފޮރު ކޯށްދިނުމަށް ރިލީފް ސެންޓަރުތައް ގާއިމް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާެއެނގޭމީހާ
ތިޔަވާނީ ބޮޑުވަޒީރުގެ ކަމެއްކަމަށް