ޢަލީ ނިޒާރު އިދިކޮޅަށް: މޮޔަނުގޮވާ ވެރިކަމަށް އަންނަން ރަނގަޅު ސިޔާސަތެއް ހުށައަޅައި ކެމްޕެއިންކުރޭ!

ޢަލީ ނިޒާރު އިދިކޮޅަށް: މޮޔަނުގޮވާ ވެރިކަމަށް އަންނަން ރަނގަޅު ސިޔާސަތެއް ހުށައަޅައި ކެމްޕެއިންކުރޭ!

Author
މުޙައްމަދު ޖިމީ
18 ޑިސެމްބަރ 2021 10:27
0

ވެރިކަމަށް އަންނަން ބޭނުންނަމަ ރަނގަޅު ސިޔާސަތެއް އެކުލަވާލާ ކެމްޕެއިން ކުރުމަށް އައްޑޫ ސިޓީގެ މޭޔަރު އަދި ކުރީގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު އިދިކޮޅަށް ގޮވާލައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތަށް އިޝާރާތްކުރައްވާ ނިޒާރު ވިދާޅުވީ، ސިޔާސީ މަންފާއާއި އަމިއްލަ އެދުމަށް އެތަކެއް ޒަމާންވީ އެކުވެރި އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާއި އޮތް ގުޅުން ޚަރާބުކޮށް ދިވެހިން މުސީބާތުގެ ތެރެއަށް ދޫކޮށްލުމަށް ކުރެވޭ މަސައްކަތް ބަލައި ނުގަނެވޭނެކަމަށެވެ.

ނިޒާރު ވަނީ، ވެރިކަމަށް އަންނަން މޮޔަ ނުގޮވައި ހަރުދަނާ ސިޔާސަތު ހުށައަޅައި ކެމްޕެއިންކުރުމަށް އިދިކޮޅަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީން އިސްނަންގަވައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ވެފައިމިހާރު ވަނީ ޤައުމީ ހަރަކާތަށެވެ. މި ހަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި މި ހަރަކާތުގެ ޚަބަރުތައް ބޭރުގެ ބައެއް މީޑިއާތަކުންވެސް ފަހަކަށް އައިސް ދަނީ ރިޕޯޓްކުރަމުންނެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހިންގުމުގައި އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިހަރަކާތަކީ ދެން ހުއްޓުވޭނެ ހަރަކާތެއް ނޫންކަމަށެވެ. ދިވެހި އެތައް ރައްޔިތުން މިހަރަކާތާއި ގުޅި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތަކީ މަދު ބަޔަކު ހިންގާ ހަރަކާތެއްކަމަށް ބުނި ނަމަވެސް މިހާރު މިއީ ކިހާ ބަޔަކު ހިންގާ ކިހާބޮޑު ހަރަކާތެއްކަން ސަރުކާރަށް އެނގޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހިި
އިންޑިޔާއިންް އިންޑިޔާރައްޔިތުންނައްް އަޅާނުޅާއިރުު ދިވެހިންނައްް ހެޔޮހިތެއްގައިި ކޮއްދޭނެެ އެއްވެސްކަމެއްް ނޯންނާނެެ ކުރާކަމެއްކުރެވޭނީީ ބޮޑުމީހާއައްް ބޮޑުގޮތްއޮންނަަ ގޮތައްް އެމީހިންް ފައިހިއްޕާލައިފިި ތަނަކުންް ބޭރުކުމަކީީ ނާދިރުކަމެއްް އެންމެފުރަތަމަަ ޤައުމުު
އ އަލީރަޝީދު
އަލީމެންނަކަށް ހަޖަމެއް ނުވާނެ ޓުވަރިޒަމް ބޮއިކޮޓްކޮށް ރާއްޖޭގެ މަސް އީޔޫއަށް އެތެރެ ކުރުން ހަލާކު ކޮއްލާ ހެދިއިރު އެކަމަކީ މުޅިރާއްޖޭގެ ރައްޔަތުންނަށާއި އެތަށް އިންވެސްޓަރުންނަށް އިއާދަނުކުރޭވަރުގެ ބޮޑު ގެއްލުމަކަށް ވެގެން ދިޔަ ކަމެއް އެކަމަކު ރާއްޖޭގެ ރައްޔަތުން ތިބީ ޗުއްޕުވެސް ނުކިޔާ އިންޑިއާ މިލްޓްރީ އައުޓް ގޮވަނީ ރައްޖޭގެ މިނިވަން ކަމާއި އިސްތިޤްލާލު ހިމާޔަށް ކުރަން ވީމާ ގަވްމަށް ވަފާތެރި ކޮންމެ ދަރިޔަކު އަޑަށް ބާރުލާފަ ގޮވަންވީ އިންޑިޔާ މިލްޓްރީ އައުޓް