އިދިކޮޅު ޕީޕީއެމް އިން އިސްނަގައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ސައިކަލު ބުރު ކުރިއަށް ނުގެންދިއުމަށް ފުލުހުން އަންގައިފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕީޕީއެމްއިން އިންތިޒާމްކޮށްގެން މިއަދު މާލޭގެ މަގުތަކުގައި ބެއްވުމަށް ރާވާފައިވާ އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާކަމަށެވެ. މިފަދަ
ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއްކަމުގައި މި ޚިދުމަތުން ދެކޭކަމަށާއި، އެހެންކަމުން، އާންމު މަސްލަހަލު ހިމާޔަތްކޮށް، އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން، ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނީ ޒިންމާއެއްކަމަށް ފުލުހުން ބުންޏެވެ.
އާންމު މަސްލަހަތު ގެއްލި، ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެފަދަ ގޮތަކަށް އުޅަނދުބުރު ކުރިއަށް ގެނދިއުމުގެ ފުރުސަތު މި ޚިދުމަތުން ނުދޭނެ ވާހަކަ ދަންނަވަމެވެ.
– ފުލުހުންގެ ބަޔާން
ފުލުހުން މިހެން އަނާގައި ވީނަމަވެސް، އިދިކޮޅުން ވަނީ މިހާރު ސައިކަލު ބުރު ހިންގުމަށް ތައްޔާރުވެފައެވެ. މި ހަރަކާތުގައި ގިނަބަޔަކު ދަނީ ބައިވެރިވަމުންނެވެ. އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކުންވެސް ދަނީ އިދިކޮޅަށް ފާޑުކިޔާ އިންޑިއާ ދިފާއުކުރުމުންނެވެ.
ފުލުހުންގެ ބަޔާނާއި ގުޅިގެން ޕީޕީއެމް އިން ބުނީ އެޕާޓިން އެއްވެސް ހަރަކާތެއްގައި ހަމަނުޖެހުން ހިންގަން ރާވާފައި ނުވާނެކަމަށެވެ. މިހާތަނަށްވެސް ބޭއްވި އެއްވެސް ހަރަކާތެއްގައި އެފަދަ ޢަމަލެއް ހިންފައިނުވާނެކަމަށާއި، ސަރުކާރު އޮތީ ވަރަށް ބޮޑަށް އިންޑިއާ އިން ދޭ އިރުޝާދުތަކާ އެއްގޮތަށް ސަރުކާރުން މަސައްކަތްކުރަނީ އިންޑިއާ އައުޓް ހުއްޓުވުމަށްކަމަށެވެ.
ކޮމެންޓު ފޮނުވާ