ޙަސަން ރައީސް ޔާމީނަށް: ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ ފައިދާ ނަގާ މީހުން ކަންބޮޑުވާނެކަމެއް!

ޙަސަން ރައީސް ޔާމީނަށް: ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ ފައިދާ ނަގާ މީހުން ކަންބޮޑުވާނެކަމެއް!

Author
މުޙައްމަދު ޖިމީ
17 ޑިސެމްބަރ 2021 04:04
0

ރާއްޖޭގެ ހަގީގީ މިނިވަންކަމަށް އިންޑިއާއަކީ މުހިންމު ޤައުމެއްކަމަށް އެމްޑީޕީގެ ޗެއރަޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ޙަސަން މިހެން ވިދާޅުވެފައިމިވަނީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓާއެކު ރައީސް ޔާމީން އިއްޔެ ގުރައިދޫއަށް ވަޑައިގަތުމުންނެވެ. ރައީސް ޔާމީން ގުރައިދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ. ރައީސް ޔާމީން އިންޑިއާ އައުޓް ޓީޝާޓާއެކު ރައީސް ޔާމީން ފެނިވަޑައިގަތުމުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ޔާމީނަށް ފާޑުވިދާޅުވެ ޙަސަން ލަޠީފް ވިދާޅުވީ، މަސްތުވާތަކެއްޗާ އިންސާނީވަގުފާރިއާ ހަތިޔާރުގެ ވިޔަފާރިފަދަ ކްރޮސްބޯޑަރ ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއްކަމަށެވެ. އަދި މިރާއްޖޭގެ ޙަޤީޤީ މިނިވަންކަމަށް އިންޑިޔާއަކީ މުހިއްމު ޤައުމެއްކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

މިމަހުގެ 10 ވަނަ ދުވަހު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކ.ގާފަރުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، ކަނޑު ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުއްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމެއް ކަމުގައެވެ. މިސަރަހައްދަކީ ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާ، ކާރޫބާރޫގެ ތެރޭން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާ ދިގަށް ހިނގާ ސަރަހައްދެއްކަމުގައެވެ. ދުނިޔޭގެ ބޮޑެތި ޑްރަގު ނެޓްވޯކްތކާއި، ޓެރަރިޒަމް އާ އެހެނިހެން ވަގުވިޔަފާރިއާ، ހަތިޔާރުގެ ޣައިރު ގާނޫނީ މުޢާމަލާތަށް އިންޑިއާ ކަނޑުގައި އަބަދުގެ އޮންނަ ކަމުގައެވެ. މިކަން ކަމަކީ ޖާގަދީގެން ބަލަންތިބޭ ވަރަށްވުރެ ނުރައްކާތެރި ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
އެކަމުގާމަސްހޫރުބައެތް މޑޕ އަކީ.ދެންއަންނަ ރިޔާސީއިންތިހާބައް ދުރަގުބޯޓުފަހަރާ އިންޑިޔާގެ ތިޖޫރީތަށް އަގަމަތިކުރުމަށްޓަކާ އިންޑިޔާއަށްރާޖެދީގެންއުޅެނީ އިންޑިޔާމީހުންހާލުގާތިބޭއިރު މޑޕ ނަގާކޮޅައްޖަހަންއުޅޭނީކޮންމެވެސްކަމެތް ވެގެންނު
ާ ާދއާދަމް ސައީދު
ކުއްކުރުމާ ހުޅުޖެހުމުގެ ރެކޯޑްއޮތީ އެންޑީޕީގަ ޕީޕީއެމަކުނޫން.
މ މިނިވަން.
ތިކަލޭގެއަކީ ނުބައިވެގެން ކޮއްފަ ނުކުރާނެ އެއްކަމެއްވެސް ނޯންނާނެ ކަމަށް އެއްބަސް ވެފަވާ މީހެއް.
ޢ ޢަލީ
ހަސަނާ މިހާރު މާލޭ މަގުމަތިން ޓަނުން ޑުރަގު މިދުވަނީ ކީއްވެބާ.؟ ބޯން ޖެހޭނެ. ބޯންވާނެ.ނުބޮއި އެކުދިން ސަލާމަތެއް ނުވާނެ ކަމަށް ވަކާލާތު ކުރަނީ ހަސަނުމެން ދޮއްތޯ؟ އެހެން ބުނީމާ ދިފާޢުގަ ބުނަނީ ލުއި ޑުޑަގު ދީގެންނޯ ރަނގަޅުވާނީ.އެއީ ބޭހެކޯ. އޯކޭ ޙަރާމް ކަމެއް ހުއްޓުވަން ހަރާމް ކަމެއް ނުކުރެވޭނެ.....އެހެން ވެއްޖެ ނަމަ ޒިނޭ ހުއްޓުވަން މަދުމަދުންތޯ ޒިނޭ ކުރަންވީތޯ؟ އެކަން ހުއްޓުވޭނީ އެކަމަށް ދޭންޖެހޭ އަދަބެއް ދީގެން. މިކަމާ ދައްކަން ބައިވަރު ވާހަކަ އެބަހުރި.