ފަލަ މީހުނަށް ފުރައްސާރަކުރުމާ ދެކޮޅަށް "ޑަބަލް އެކްސްއެލް"

ފަލަ މީހުނަށް ފުރައްސާރަކުރުމާ ދެކޮޅަށް "ޑަބަލް އެކްސްއެލް"

Author
ފާތިމަތު ނާވީ
18 ޑިސެމްބަރ 2021 10:46
0

ސޮނާކްޝީ ސިންހާ އާއި ހުމާ ޤުރައިޝީ އެކުގައި ފެނިގެން ދާ ފިލްމް "ޑަބަލް އެކްސްއެލް" އިއުލާން ކޮށްފިއެވެ.

ސޮނާކްޝީ އާއި ހުމާ އަކީ ފިލްމު ކުޅެން ފެށިތާ ކައިރީގައި ހަށިގަނޑު ފަލަވުމުގެ ސަބަބުން ބެލުންތެރިންގެ ފާޑުކިޔުން އަމާޒުވީ ދެ ތަރިންނެވެ.
މި ފިލްމަކީ މިފަދަ ފުރައްސާރަތަކާ ދެކޮޅަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމު އިއުލާންކުރުމަށް ވީޑިއޯ ކޮޅެއް ޓީ-ސީރީޒުން ވަނީ އާންމު ކޮށްފައެވެ. މި ވީޑީއޯ ކޮޅުން ފެނިގެން ދަނީ ފަލަ މީހުންނަށް ކުރާ ފުރައްސާރައިގެ ވާހަކައާއި އެމީހުންނަކީ ފޮނި ހުވަފެން ދެކުމުން މަހުރޫމުވާން ޖެހޭ ބައެއް ނޫންކަމުގެ ވާހަކައެވެ.

"ޑަބަލް އެކްސްއެލް" އަކީ ސަތުރަމް ރަމާނީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ހުމާ އާއި ސޮނާކްޝީގެ އިތުރުން މި ފިލްމްގެ މުހިންމު ރޯލުތަކުން ޒަހީރް އިޤްބާލާއި ބޮލީވުޑަށް އަލަށް ތަޢާރަފްކުރާ މަހަތު ރާގަވެންދަރް ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.