ޖަލްސާއަކަށް ހުރަސް އަޅަން ފުލުހުން ހުންނަ ފޯރި، އިސްލާމްދީން ހިމާޔަތްކޮށް، ދީނީ ޝިއާރުތައް ނެގެހެއްޓުމުގައި ގެންގުޅެންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާދަމާރޭ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ފުލުހުން ނެރެގެން ކުރަމުންދާ މަސައްކަތާއި ގުޅިގެން ޒައިދު ވިދާޅުވީ ޖަލްސާއެއް ހުއްޓުވުމަށް ކުރާ މަސައްކަތަށް ހުންނަ ފޯރި، ދީނީ ޝިއާތުރަކާއި، ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމުގައިވެސް ހުންނަން ޖެހޭކަމަށެވެ.
ފަހަކަށް އައިސްރާއްޖޭގައި އިސްލާމްދީނާއި، ދީނުގެ ޝިއާރުތަކާއި ދެކޮޅަށް ހިންގޭ ހަރަކާތްތައް އިތުރުވަމުންދާއިރު، މިކަންކަމާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު ނާޅާކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. ޒައިދު ވިދާޅުވީ ސިޔާސީ ގޮތުން ކުރެވޭ ކަންކަމަށް ހުންނަ ފޯރި ދީން ހިމާޔަތް ކުރުމަށްވެސް ހުންނަން ޖެހޭކަމަށެވެ.
ޖަލްސާއަކަށް ހުރަސް އަޅަން މިހުންނަ ފޯރިއާއިކިކު، އަދި އެ ސްޕީޑް މި ރާއްޖޭގައި ދީން ޙިމާޔަތްކުރުމާއި، ދީނުގެ ޝިޢާރުތަކަށް އިހާނެތިކޮށް ހިތޭހިނދު ދައްކާލެވޭނަމަ ހާދަ ރަނގަޅެއްވާނެއޭ އަޅުގަނޑު ހިތަށްއަރާ! އޭރުން އަޅުގަނޑުމެން މިހެންބުނަން ނުވެސް ޖެހުނީސް! ދެރައީ އެހެންނުވާތީ!
– ޒައިދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހުގެރޭ ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ޖަލްސާއަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް ރަޔަޓް ފުލުހުން ޖަލްސާގެ ތައްޔާރީތަކަށް ހުރަސް އަޅަމުންދާތީ އެކަން ބަލައި ފުލުހުން ޖަވާބުދާރީ ކުރުވާނެކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިމައްސަލާގައި އެޗްޑީސީއާއި، ސިޓީ ކައުންސިލާއި ދެމެދު ބޮޑު ޚިޔާލު ތަފާތުވުމެއް ވަނީ އުފެދިފައެވެ.
އިދިކޮޅުން ބާއްވާ ޖަލްސާއަށް ހުރަސް އަޅައި، ޖަލްސާ ބޭއްވިޔަ ނުދިނުމަށް ގިނަ އަދަދެއްގެ ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
4 Responses
ޖަލްސާއަށް ހުރަސްއެޅކޮންބައެއްކަން ޒައިދަކަށް ނެެންގޭ ޒައިދަކީ ނޫސްވެރިއެއްތަ ނުވަތަޟައިޚެއްތަ
V good
މިހާ ތަނަށް ދެއްކެވި ހުރިހާ ވާހަކަތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މުހިއްމު ވާހަކަ ފުޅެއް..ޝުކުރިއްޔާ ޝައިޚު ޒައިދު.
އުސްތާޒު ޒައިދުގެ ވާހަކަފުޅު ވ ރަނގަޅު މާޝާ ﷲ