ތޭޖަސް އަންނަ އަހަރު އޮކްޓޫބަރަށް ތާވަލު ކޮށްފި

ތޭޖަސް އަންނަ އަހަރު އޮކްޓޫބަރަށް ތާވަލު ކޮށްފި

Author
ފާތިމަތު ނާވީ
11 ޑިސެމްބަރ 2021 07:40
0

ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމް "ތޭޖަސް" އަންނަ އަހަރު އޮކްޓޯބަރ މަހު 5 ވަނަ ދުވަހު ރިލީޒް ކުރުމަށް ތާވަލް ކޮށްފިއެވެ.

އެއާފޯސް ޕައިލެޓް ތޭޖަސް ގިލްގެ ހަޔާތުގެ މައްޗަށް ހަދާ މި ބަޔޮޕިކްގައި ކަންގަނާ ފެނިގެންދާނީ ތޭޖަސްގެ ރޯލުންނެވެ. މިއީ ވަރަށް ހިތްވަރުގަދަ ޕައިލެޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ސަރްވޭޝް މެވާރާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމު، އިންޑިޔާގައި ފާހަގަ ކުރާ ދުސޭރާ ކަމުގައިވާ 5 އޮކްޓޯބަރ 2022 ގައި ސިނަމާތަކަށް ގެނަން މިހާރު ވަނީ ތާވަލު ކޮށްފައެވެ.

 

View this post on Instagram

 

A post shared by Kangana Thalaivii (@kanganaranaut)

ކަންގަނާގެ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީވެސް ބަޔޮޕިކަކުންނެވެ. އެއީ މި އަހަރު އެޅުވި ފިލްމު "ތަލައިވީ" އެެވެ. ކަންގަނާގެ ބޮޑެތި ފިލްމު ތަކެއް ކުރިއަށްް ވެސް އެބަ ހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.