ޔާމީން ފިއްލަވަން ޓިކެޓްވެސް ނެންގެވި، ފިއްލަވަން ނޫޅުއްވަމޭ ވިދާޅުވަނީ ފޮނިކަނޑަން: ނިހާދު

ޔާމީން ފިއްލަވަން ޓިކެޓްވެސް ނެންގެވި، ފިއްލަވަން ނޫޅުއްވަމޭ ވިދާޅުވަނީ ފޮނިކަނޑަން: ނިހާދު

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2021 09:28
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެ ދޫކޮށް ފުރާވަޑައިގަންނަވަން އުޅުއްވިކަމަށާއި، ފުރައިވަޑައިގަންނަވަން އުޅުއްވީ މަންޒިލް ސާފު ނުވާގޮތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ، ރ. ފުށްގިރި ދޫކުރި މުއާމަލާތާ ގުޅިގެން ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓައިދޭން ދައުލަތުން އެދުމުން، އެއީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ދައުލަތުން ހުށައެޅި ހުށައެޅުއްމެއް ނޫންކަމަށް ރައީސް ޔާމިން ވިދާޅުވުމާއި ގުޅިގެންނެވެ.

ނިހާދު ވިދާޅުވީ، ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ފުރައިވަޑައިގަތުމަށް ޓިކެޓްވެސް ނެންގެވިކަމަށާއި، ފިއްލަވަން ނޫޅުއްވާކަމަށް ވިދާލުވަނީ ފޮނިކަނޑަންކަމަށެވެ.

ގަޓް ނެތީސް ގަޓް ދައްކަން އުޅުނީމަ ގޮވާނީ އަތަށް! ދާން އުޅުނީ ސިންގަޕޫރަށް ދޯ؟ ފަހުގެ މަންޒިލް ސާފު ނުވާގޮތަށް ދާން އުޅުނީ!

– މުޙައްމަދު ނިހާދު

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީނަށް ކުރި ފަސް އަހަރުގެ ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރި ދުވަހު ވަނީ އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށް ދައުލަތުން އެދުނެވެ. ނަމަވެސް އެ ޢަމުރު ކްރިމިނަލް ކޯޓުން ނެރެދީފައެއް ނުވެއެވެ.

ދައުލަތުން ޕާސްޕޯޓް ހިފަހައްޓަން އެދުނުއިރުވެސް ރައީސް ޔާމީންގެ ޕާސްޕޯޓްގެ މުއްދަތު ވަނީ ހަމަވެފައެވެ. މިމައްސަލައިގަ ދަޢުލަތުން ޝަރީޢަތަށް ހުށައެޅި ޕާސްޕޯޓްތަކަކީ މުއްދަތު ހަމަވެފައިވުމުން ދަތުރުކުރުމަށް ބޭނުންކުރެވޭނެ ސައްހަ ޕާސްޕޯޓަކަށްނުވާއިރު، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ ފެކްޓް އޮޅުވާލައިގެންކަމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން މައްސަލަ ބައްލަވާ ޤާޟީވެސްވަނީ ދައުލަތުން ހުށައެޅި ޕާސްޕޯޓުތަކަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓުތަކަކަށްވާއިރު، އަދި އެފަދަ ޕާސްޕޯޓަކުން ދަތުރުނުކުރެވޭނެކަން އެނގިވަޑައިގަންނަވާތޯއާއި އައު ޕާސްޕޯޓެއްދޫކުރާއިރު އޭގައި އިންނާނީ އައު ނަންބަރެއްތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ދަޢުލަތުން ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތައް ދައުލަތުން ގާތުން މޮނީޓަރކުރަމުން ނުދާކަމަށާއި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވުމުން ބޭރަށް ނުފުރުނު ނަމަވެސް ކޮންމެ ވަގުތަކުވެސް ޕާސްޕޯޓު އައުކުރަން އެދެވޭނެ ފުރުސަތު ރައީސް ޔާމީނަށް އޮތުމުން މުއްދަތު ހަމަވެފައި އޮތް ނަމަވެސް ޕާސްޕޯޓް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭކަމަށެވެ.

ދެ ފަރާތުގެ ވާހަކަތައް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ވަނީ ރައީސް ޔާމީންގެ ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްކަމުން ވުޖޫދުގައި ނެތް ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެދޫކޮށް ފުރައިގެންދާނެ ސަބަބެއް އޮތްކަމަށް ނުބެލެވޭތީ، އެއަމުރު ނެރެދޭނެތަނެއް ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސެންް އަމީން
ދާންް އުޅެނިކޮށްް އަތަށްް ގޮވީީ، މާﷲ ރަސްކަންފުޅަށްް ބިރުވެތިނުވާާ މީހުންް ދޮގުހަދާނެެ. ހުރިހާާ ހަޑިއެއްހޭވިި ވެރިކަންް ނެތިި ދިޔައީވެސްް ދޮގާާ މަކަރާާ އެއްވެެ އަނިޔާވެރިކަންް އިންތިހާއަށްް ދިއުމުންް. ޢައްޗީޑީީ
އ އިންޑިއާއައުޓް
ރިނޑިއެއް ވައްތަރުޖަހާ. ބަލަ ކަލޭގެ މުރާދޫ ހަޑުވަތު ރަސްގެފާނު ކަހަލަ ފިނޑިއެއް ނޫނޭ ރޔ އަކީ. ެއިންޑިއާ އައުޓް ކަލޭ ވެސް އައުޓް
ޒ ޒަބާން
ﷲގަންދެއްވާ ހުވާކޮއްގެންތިބޭ ޖާހިލުން، މަޖިލީހުގެ އިއްޒަތާ ކާރަމާތް މިކަހަލަ މީހުންގެ ސަބަބުން އެވަނި ވެއްޔާ މޮޑެވި ހިރަފުސްވެފަ ރައްޔެތުން އެއްވެސް އިތުބާރެއްނުކުރޭ މަޖިލީހުގެ މެންބަރުންނަކީ ފައިސާއައްހެއްލޭ ރައްޔެތުންްނައް ދޮގުހަދާ ރަބަރުތައްގަނޑު ތަކެއްފަދަބައެއްް
ޔާމީނަށް ޓިކެޓު ގަނެދޭން ދިޔައީ މި އިއްޒަތްތެރި މެންބަރު، އެހެންވެ ވިދާޅުވާން އެ އެނގުނީ، ޕޮސް