ކޯވިޑް 19ގެ އާ ވޭރިއަންޓު އޮމިކްރޯން ރާއްޖެއިން ފެނިގފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ރާއްޖެއައި އެފްރިކާގެ ފަތުރުވެރިއެއްގެ ގައިންކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެއިދާރާއިން ބުނެފައިވަނީ ކޯވިޑް-19 ގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ "ޓޭރިއަންޓް އޮފް ކޮންސަރން' އެއް ކަމުގައި ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައިވާކަމަށެވެ. ދެކުނު އެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ޓޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ޑޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ވޮރިއަންޓެއްކަން ފާހަގަކޮށް މި ވޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ވަނީ ގޮވާލައްވާފައެވެ.
އަދި ޤައުމުތަކުން ޑޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ. މި ޓޭރިއަންޓާބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭ އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުން ދާއިރު މި ޓޭރިއަންޓް ފެނިފައިވާ ޤައުމުތަކުގައި ބަލި ފެތުރުން އިތުރުވަމުންދާ ކަމުގައިވެސް މައުލޫމާތު ލިބެމުންދެއެވެ. މިހާތަނަށް ރާއްޖެއާއެކު 46 ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައިވެއެވެ.
ދިވެހި ރާއްޖެއިންވެސް މިހާރު މިވަނީ މި ފޭރިއަންޓް ފެނިފައިކަމަށާއި، ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެއްކަމަށެވެ. ކޭސްގެ ވެރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ޑޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓުކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ޓޭރިއަންޓެވެ.
އެޗްޕީއޭއިންވަނީ މިވޭރިއަންޓުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
– މާސްކް އެޅުން، އަތްސާފު ކުރުން، ގައިދުރުކަން ބެހެއްޓުން.
– ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫކްލިނިކަށް ދައްކާ ޓެސްޓުކުރުން އަދި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަހެރިވުމާއި ކޮންޓެކްޓުން ރަގަޅުގޮތުގައި ކަރަންޓީނުވުން.
– ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސަރވެއިލަންސަށް ސާމްޕަލްދިނުމުގައި އެއްބާރުލުން ދިނުން.
– އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާ އަތްޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން.
– ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކާ އަމަލުކުރުން.
– އެކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާއެއްގޮތަށް އަމަލުކުރުން.
– ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތައް ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމާއި ބޫސްޓަރ ޑޯޒްޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތައް ބޮސްޓަރ ޑޯޒް ޖެހުން.
އެޗްޕީއޭއިން ވަނީ އާ ވޭރިއަންޓާއި ގުޅިގެން ރާއްޖެއަށް 7 ގައުމަކުން މީހުން އެތެރެވުންވެސް މަނާކޮށްފައެވެ.
ކޮމެންޓު ފޮނުވާ