އޮމިކްރޮން ވޭރިއެންޓަށް ޚާއްސަ، ޓެސްޓު ކުރާ ސިސްޓަމެއް ޖަޕާނުން ތައާރަފް ކޮށްފި

އޮމިކްރޮން ވޭރިއެންޓަށް ޚާއްސަ، ޓެސްޓު ކުރާ ސިސްޓަމެއް ޖަޕާނުން ތައާރަފް ކޮށްފި

Author
ހުސެއިން
04 ޑިސެމްބަރ 2021 06:44
0

ކޯވިޑް19ގެ އޮމިކްރޮން ވޭރިއެންޓް ދެނެގަނެވޭ ޕީސިއާރު ޓެސްޓުން ސިސްޓަމެއް ޖަޕާނުގެ ޓޯކިޔޯގެ މެޓްރޯޕޮލިޓަން ސަރުކާރުން (ސަރަހައްދީ ސަރުކާރުން) ތައާރަފް ކޮށްފިއެވެ.

ޓޯކިޔޯގެ މެޓްރޮޕޮލިޓަން އިންސްޓިޓިއުޓް އޮފް ޕަބްލިކު އިން އުފެއްދި މި ސިސްޓަމްވަނީ ހުކުދުވަހު އާންމުކޮށް ބޭނުންކުރަން ފެށުމަށް ހަމަޖަހިފައެވެ.

ކޯވިޑަށް ޓެސްޓުކުރުމަށް މިހާތަނަށް ދުނިޔޭގައި ބޭނުން ކުރަމުން ގެންގޮސްފައިވާ ޕީސީއާރު ޓެސްޓު މެށިން ތަކަށް އޮމިކްރޯން ވޭރިއެންޓް ދެނެގަތުމުގެ ގާބިލް ލިބިފައެއް ނުވެއެވެ.

އޮމިކްރޯން ވޭރިއެންޓް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ސިސްޓަމެއް ޖަޕާނުން ތައާފަރް ކޮށްފައި މިވަނީ، ފާއިތުވި ހުކުރުދުވަހު، ޖަޕާނުން އޮމިކްރޯން ވޭރިއެންޓް ފެނިފައިވާކަން ޓޯކިޔޯގެ ގަވަރުނަރު ޔުރިކޯ ކޮއިކެ އިއުލާން ކުރެއްވުމާއި ގުޅިގެން، މެޓްރޯޕޮލިޓަން ސަރުކާރުން ކޯވިޑާއި ދެކޮޅަށް އެޅުމަށް ހަމަޖައްސާފައި އެމަރޖެންސީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެއްގެ ގޮތުގައެވެ.

"އަހަރެމެން ދާނީ، އާންމުގެ ތެރޭގައި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ ނިސްބަތް މޮނިޓަރ ކުރަމުން އަދި އަދި ހާލަތާއި ގުޅޭ ފިޔަވަޅުތައް އަޅަމުން"، ކޮއިކެ ވިދާޅުވެފައި ވެއެވެ. "މެޓްރޯޕިލިޓަން ސަރުކާރުން ދާނީ، ބަލި ފެތުރިގެން ދިއުމުގެ ކުރިން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ."

މީގެ އިތުރުންވެސް، ކޯވިޑަށް ޕޮޒިޓިވްވާ މިހުންނާ ގައިގޯޅިވެފައިވާ މީހުން ބޭތިއްބުމަށް ހަމަޖައްސާފައިވާ ހޮޓެލްތަކާއި އިތުރު އެކޮމޮޑޭޝަލް ފެސިލިޓީސްތަކުގެ އަދަދު 1,750 އިން 3,400 އިތުރުކުރުމަށްވެސް ވަނީ ހަމަ ޖައްސާފައެވެ.

ޖަޕާނުން މިހާތަނަށްވަނީ، އޮމިކްރޮން ވޭރިއެންޓުގެ ދެ ކޭސް ފެނިފައެވެ. ޖަޕާން ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި، މި ދެމީހުންނާއި ގައިގޯޅިކޮށް އުޅެފައިވާ ކަމަށް ފާހަގަ ވެފައިވާ 85 މީހުންގެ ތެރެއިން 61 މީހަކު މިހާރުވަނީ، މެޓްރޯޕޮލިޓަން ސަރުކާރުން ހަމަޖައްސާފައިވާ އެކޮމޮޑޭޝަން ފެސިލިޓީތަކުގައި ކަރަންޓީން ވާން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.