ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 253އަށް އަރައިފިއެވެ. މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި ނިޔާވި 2 ވަނަ މީހާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 08:28 ނިޔާވި މިމީއާއަކީ ތުރާކުނުގައި ނިޔާވި މީހެއްކަމަށެވެ. މިއީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ މިބަލީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި 253 ވަނަ މީހާއެވެ.
Today (4/12/21) at 08:28 am a 92-year-old Maldivian male from HA Thuraakunu was declared dead.
This is the 253rd COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
— Health Protection Agency (@HPA_MV) December 4, 2021
މިއަދު ފުރަތަމަ ނިޔާވީ ދ.ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯވިޑް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުން މިދުވަސްވަރު އެންމެ ގިނައީ އަތޮޅުތެރޭގައެވެ.
ކޮމެންޓު ފޮނުވާ