ކުޑަހުވަދޫ ހޮސްޕިޓަލުގައި ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ކުޑަހުވަދޫ ހޮސްޕިޓަލުގައި ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2021 03:58
0

ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 252 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 07:10ގައި ދ.ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ މިބަލީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި 252 ވަނަ މީހާއެވެ. މިދިޔަ ބުދަދުވަހުވެސް މިބަލީގައިވަނީ މީހަކު ނިޔާވެފައެވެ. އެދުވަހު ނިޔާވީ ފުވައްމުލަކު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.

ކޯވިޑް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުން މިދުވަސްވަރު އެންމެ ގިނައީ އަތޮޅުތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.