އަހާން ޝެއްޓީގެ "ތަޅަޕް" މިއަދު ސިނަމާތަކަށް

އަހާން ޝެއްޓީގެ "ތަޅަޕް" މިއަދު ސިނަމާތަކަށް

ސުނިލް ޝެއްޓީގެ ފިރިހެން ދަރިފުޅު އަހާން ޝެއްޓީ ބޮލީވުޑަށް ތައާރަފްވާ ފިލްމް "ތަޅަޕް" މިއަދު ސިނަމާތަކުގައި އަޅުވާނެއެވެ.

މި ފިލްމް ގެ ޕްރޮމޯޝަންތަށް މިހާރު ކުރިއަށް ދާއިރު މި ފިލްމުގެ އިތުރު ޓްރެއިލާ އެއްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ސުނިލް ޝެއްޓީ އަކީ ބޮލީވުޑް ގައި ވަރަށް ބޮޑު ކާމިޔާބަކާއި މަގުބޫލުކަމެއް ހޯދަފައިވާ އެކްޓަރެކެވެ. މިހާރަކަށް އައިސް މަދުމަދުން ފިލްމް ތަކުން ފެންނަ ސުނިލްގެ މަޝްހޫރު ފިލްމް ތަކުގެ ތެރޭގައި "ބޯޑަރ" "މޮހޮރާ" "ހޭރާ ފޭރީ" "ދަޅްކަން" ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.

ސުނިލްގެ ދެ ދަރިންގެ ތެރެއިން އަންހެން ދަރިފުޅު އާތިޔާ ޝެއްޓީ ވަނީ 2015 ވަނަ އަހަރު "ހީރޯ" އިން ފިލްމީ ދުނިޔެއަށް ނުކުމެފައެވެ. މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި އާތިޔާ ވަނީ ގިނަބައެއްގެ ލޯބި ހޯދާފައެވެ.

އެހެން ކަމުން އަހާން ޝެއްޓީއާ މެދުގައި ކުރެވޭ އުންމީދުވެސް ބޮޑެވެ. މިހާރު ވެސް އަހާން އަކީ ގިނަ އަންހެން ކުދިންގެ މެދުގައި މަގުބޫލު ޒުވާނެކެވެ.

މިލަން ލުތުރިއާ ޑައިރެކްޓް ކޮށްފައިވާ "ތަޅަޕް" ގައި އަހާން އާއެކު ލީޑުން ފެނިގެން ދާނީ ތާރާ ސުތާރިއާއެވެ.

ސާޖިދު ނަޑިއާޑްވާލާގެ ނަޑިއާޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓުން ގެނެސްދޭ މި ފިލްމަކީ ރޮމޭންޓިކް އެކްޝަން ޑްރާމާއެކެވެ. މިއީ 2018 ވަނަ އަހަރު އަޖޭ ބުޕާޓީ ޑައިރެކްޓްކޮށް ގެނެސްދިން ތެލުގޫ ފިލްމު "އާރްއެކްސް 100″ ގެ ރިމޭކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *