7 ވަނަ ފަހަރަށް މެސީ ބެލޮންޑިއޯ އެވޯޑް ހޯދައިފި

7 ވަނަ ފަހަރަށް މެސީ ބެލޮންޑިއޯ އެވޯޑް ހޯދައިފި

Author
ޔޫސުފް
30 ނޮވެމްބަރ 2021 10:32
0

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ވަނަ ފަހަރަށް ލިއޮނެލް މެސީ ހޯދައިފިއެވެ.

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް މެސީ މި އެވޯޑް ހޯދީ އޭނާއާއި އެންމެ ގާތުން ވާދަކުރި ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޮސްކީއާއި ވާދަކޮށެވެ.

7 ވަނަ ފަހަރަށް މެސީ ބެލޮންޑިއޯ އެވޯޑް ހާސިލްކުރިއިރު އޭނާ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައިވެސް މިއެވޯޑް އެންމެ ގިނައިން ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. މެސީ ވަނީ މީގެކުރިން 2009، 2010، 2011، 2012، 2015، 2019 ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފައެވެ.

ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑް ހަތް ވަނަ ފަަހަރަށް މެސީ ހާސިލްކޮށްފައިވާއިރު، އެންމެފަހުން ބޭއްވި ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި މެސީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މީގެއިތުރުން މިފަހަރުގެ ބެލޮންޑިއޯ އެވޯޑުގައި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވިފައިވަނީ އިޓަލީ އަދި ޕީއެސްޖީގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާއެވެ. އޭނާ ވަނީ ނިމިދިޔަ ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އެންމެ އުއްމީދީ ކުޅުންތެރިޔާއަށްދޭ ކޮޕާ ޓްރޮފީ މި އަހަރު ހާސިލުކުރީ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ތަރި ޕެޑްރީއެވެ. އަދި އެންމެ މޮޅު ސްޓްރައިކަރގެ މަގާމު ހޯދީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ލެވަންޑޮސްކީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.