ކޯވިޑް ޖެހިގެން 54 އަހަރުގެ އަންހެނަކުވެސް ނިޔާވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި މީހަކު ރޭ ދަންވަރު 02:00ގައި ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 249 ވަނަ މީހާއެވެ.
ރާއްޖެއިން ކޯވީޑްގެ ކޭސްތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 100އަށްވުރެ ގިމަ މީހުން ޕޮޒިޓިވްވެއެވެ. އޭގެ ތެރޭގައި ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންނެވެ. މާލެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ 50އަށްވުރެވެސް ދަށުގައެވެ. ބައެއް ދުވަސްދުވަހު 10 މީހުންވެސް މާލެއިން ޕޮޒިޓިވްވެއެވެ.