ކޯވިޑް ބައްޔަށް ފަރުވާދެމުންއައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ވެސް މިއަދު ހެނދުނު 10:42 ގައި ނިޔާވެފައިވާކަމަށެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 250 ވަނަ މީހާއެވެ.
ރާއްޖެއިން ކޯވީޑްގެ ކޭސްތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 100އަށްވުރެ ގިމަ މީހުން ޕޮޒިޓިވްވެއެވެ. އޭގެ ތެރޭގައި ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންނެވެ. މާލެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ 50އަށްވުރެވެސް ދަށުގައެވެ. ބައެއް ދުވަސްދުވަހު 10 މީހުންވެސް މާލެއިން ޕޮޒިޓިވްވެއެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ އަދަދު 1،769އަށް އަރައެވެ.