"މޯލްޑިވްސް މެރިން އެކްސްޕޯ 2021 "ގެ މެއިން ސްޕޮންސަރ އަކަށް އެމްޓީސީސީ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް އެވެ. އަދި މޯލްޑިވްސް މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖަރ
ޝާމް މުޙައްމަދު އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަންއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ. 2014 ވަނަ އަހަރުން ފެށިގެން
މި އެކްސްޕޯގައި މިކުންފުނިން ބައިވެރިވަމުން އަންނަ އެންމެ ބޮޑު އެއް މަޤްޞަދަކީ ކުންފުނިން ވިއްކާ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު މި ދާއިރާގެ ވިހާވެސް ގިނަ ބައިވެރިންނަށް ހިއްޞާކޮށް، މި ދާއިރާއިން
މިކުންފުނިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުމެވެ.
މެރިން އެކްސްޕޯގައި އެމްޓީސީސީން މިއަހަރު އެގްޒިބިޓް ކުރަން ނިންމާފައިވާ ޕްރޮޑަކްތަކަކީ ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް، މެރިން ކޯޓިންގްސް އަދި އެމްޓީސީސީގެ
ބޯޓު ޔާޑުން ދޭ ޑޮކިންގ، އިންޖިނޭރިންގ، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން، ފައިބަރ އަދި ވަޑާމުގެ ޚިދުމަތްތަކުގެ މައުލޫމާތުވެސް މި އެކްސްޕޯއިން ލިބިގެންދާނެއެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ ތިލަފުށި ބޯޓްޔާޑުން އެއްފަހަރާ 20 އުޅަނދަށް މިހާރުވެސް ޖާގަ ލިބޭނެކަމަށެވެ. އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު 200 ޓަނުގެ ބޯޓު ހޮއިސްޓްވެސް ބޭނުންކުރަމުންދަނީ މިވަގުތު މި ބޯޓްޔާޑުގައެވެ. މި ކުންފުނީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ޚިދުމަތެއްގެ ހައްލު އެއް ފުރާޅެއްގެ ދަށުން އޮޑިވެރީންނާއި، މަސްވެރީންނަށް ލިބޭނެ މަގު ފަހިކޮށްދިނުންކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ކޮމެންޓު ފޮނުވާ