މާލެ ސިޓީ ކައުންސިލުގެ ލޯގޯ ބަދަލުކުރިކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް: ޒައިދު

މާލެ ސިޓީ ކައުންސިލުގެ ލޯގޯ ބަދަލުކުރިކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް: ޒައިދު

Author
މުޙައްމަދު ޝަޒައިމް
28 ނޮވެމްބަރ 2021 10:21
0

މާލެ ސިޓީ ކައުންސިލް ރީ ބްރޭންޑްކޮށް، ކައުންސިލްގެ ލޯގޯ ބަދަލު ކުރި ކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަމަސް ފުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ލޯގޯ ބަދަލުކޮށް އާ ލޯގޯ ވަނީ ލޯންޗުކޮށްފައެވެ. ކުރީގެ ލޯގޯ ބަދަލު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މާލެ ސިޓީ ކައުންސިލަށް އަމާޒުވެފައެވެ.

ޝައިޚު ޒައިދު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލުން ފަތަށް އެޅި ފިޔަވަޅެއްކަމަށެވެ. ރާއްޖޭގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ އިސްލާމީ ބިނާއެއް ރަމްޒުކޮށްދޭ ދިދައެއްގެ ބަދަލުގައި އެހެން ލޯގޯއެއް ބަދަލު ކުރުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގެ އެއްބައިވަންތަކަން ބިނާވެފައި އޮތީ އިސްލާމްދީނުގެ މައްޗަށް! ވީއިރު މިމާތް މަތިވެރިވެ ދީނުގެ ޝިއާރުތައް ރަމްޒުކޮށްދޭ ލޯގޯ ފެނުމުން އުފާވެރިކަން ހިތައް ލިބިގެންދޭ! މާލެ ސިޓީ ކައުންސިލުން ލޯގޯ ބަދަލު ކުރިކުރިން އަޅުގަނޑު ދެކެނީ ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި.

– އަލީ ޒައިދު ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ އާ ލޯގޯ އިން ރަމްޒު ކޮށްދެނީ މާލެ ސިޓީގައި ހިމެނޭ ހަ އަވަށެވެ. ސިޓީ ކައުންސިލުން ބުނީ ލޯގޯގެ މެދުން މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރު، މާފަންނު، ގަލޮޅު އަދި މައްޗަންގޮޅި ރަމްޒުކޮށްދޭނެ ކަމަށެވެ. އަދި ދެފަރާތުން ރަމްޒުކޮށްދެނީ ވިލިމާލެ އާއި ހުޅުމާލެ ކަމަށެވެ. ކައުންސިލްގެ ލޯގޯގެ ގޮތުގައި މީގެ ކުރިން ބޭނުންކޮށްފައި ވަނީ ހުކުރު މިސްކިތުގެ މުންނާރެވެ.

އެ ލޯގޯ ފަރުމާ ކުުރުމުގައި ބޭނުންކޮށްފައި ވަނީ، އިހުޒަމާނުގެ ވެރިކަމުގެ ސިއްކައިގެ ފަރުމާގައި ބޭނުންކޮށްފައިވާ ނިޝާނެއް ކަމަށް ކައުންސިލުން ބުނެއެވެ. މި ރޮނގުގެ އެމުނުންތަކުން މުޅި ސިޓީގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލްގެ ތަސައްވުރަކީ ކައުންސިލްގެ ހުރިހާ ޕްލެޓްފޯމެއްގައި މާލެ ސިޓީގެ ހަ އަވަށް ރަމްޒުކޮށްދޭނެ ނިޝާނެއް ފަރުމާ ކުރުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.