ކަނޑިންމަ ރިސޯޓުން މިއަދު އިތުރު 27 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އެރަށޫން ބަލިޖެހުނު މީހުންގެ ޢަދަދު 46 އަށް އިތުރުވެއްޖެއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިހާތަނަށް އެރަށުން 176 ސާމްޕަލެއް ނަގާފައިވާކަމަށާއި، އޭގެތެރެިން 46 ޕޮޒިޓިވްވެފައިވާކަމަށެވެ. އެގޮތުން މިއަދު އެކަނިވެސް 27 ސާމްޕަލެއް ޕޮޒިޓިވްވިކަމަށް އެޗްއީއޯސީން ބުނެއެވެ.
އެރަށުން ނެނގި 176 ސާމްޕަލްގެ ތެރެއިން ނެގެޓިވްވެފައިވަނީ 126 ސާމްޕަލެކެވެ. ކަނޑިންމަ ރިސޯޓުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމުން އެރަށުން ގިނަ ޢަދަދެއްގެ ރެންޑަމް ސާމްޕަލް ނަގާއިފައިވެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ނެގި 17 ރެންޑަމް ސާމްޕަލްވެސް ވަނީ ޕޮޒިޓިވް ވެފައެވެ.
ކޯވިޑް-19 ބަލީގައި ހާލުދެރަވެގެން އެރިސޯޓުން މިދިޔަ ހުކުރު ދުވަހުވަނީ މީހަކު ނިޔާވެފައެވެ. މި މީހާ ނިޔާވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. ނަމަވެސް އެމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ނިޔާވިފަހުން ނެގި ސާމްޕަލްއަކުންނެވެ.
ކޮމެންޓު ފޮނުވާ