ތާލިބާން ސަރުކާރުން އަފްއާނިސްތާނުގައި އާންމު ކުރި އާ ގަވާއިދުގެ ދަށުން، އަންހެނުން ޓީވީ ޑްރާމާތަކުގައި ބައިވެރިވުން މަނާ ކޮށްފިއެވެ.
އަދި މީގެ އިތުރުން، އަންހެން ޖާނަލިސްޓުންވެސް އަދި އަންހެން ޕްރެސެންޓަރުންވެސް ޓީވީއަށް އަރާއިރު ބުރުގާ އަޅަންޖެހޭނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް، އަަލަންޖެހޭނީ ކޮންކަހަލަ ބުރުގާއެއްކަމެއް މި ގަވާިދުގައި ބުނެފައެއް ނުވެއެވެ.
މިގަވާއިދު އާންމު ކުރުމަށްފަހު، ބައެއް ރިޕޯޓަރުން ބުނެފައިވަނީ މި ގަވާއިދު އެކުލަވާލާފައިވަނީ ވަރަށް ބަލިކަށިކޮށް ކަމަށާއި އަދި މިގޮތުން މި ގަވާއިދުގެ ބައެއް ބައިތައް މާނަ ކުރަން ޖެހިފައިވާ ކަމަށެވެ.
އަފްއާނިސްނުގައި ކުރިން އޮތް، ހުޅަގުން ތާއީދުކުރަމުން އައި ސަރުކާރު ވައްޓާލާ ތާލިބާން ޖަމާއަތުން އެޖަމާއަތުގެ ދަށަށް އަފްއާނިސްތާން ގެނައުމާއެކުހެން ކަހަލަ ގޮތަކަށް އަންހެން ކުދިން ސްކޫލްތަކަށް ދިއުން މަނާކޮށްފައި ވެއެވެ.
90ގެ އަހަރުތަކުގައު ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި ވެރިކަން ކުރިއިރު، އެގައުމުގައި އަންހެން ކުދިން ސްކޫލަށް ދިއުމުގެ އިތުރުން އަންހެނުން މަސައްކަތު ނިކުތުންވެސް އޮތީ މަނާ ކޮށްފައެވެ.
ތާލިބާން ސަރުކާރުން، އެގައުމުގެ ޓީވީތައް މެދުވެރިކޮށް އާންމުކޮށްފައިވާ ގަވާއިދުގައިވަނީ އަމަލް ކުރަންޖެހޭ 8 އުސޫލެއް ބަޔާން ކޮށްފައެވެ.
މީގެތެރޭގައި އިސްލާމީ ޝަރީޢާއާއި ޚިލާފް އަދި އަފްއާނިސްތާނުގެ ސަގާފަތާ ޚިލާފު ފިލްމުތައް މަނާ ކުރުމާއި، ފިރިހެނުންގެވެސް އައުރަ ފެނަން މަންޒަރުތަކުގެ ވީޑިއޯތައް ދެއްކުންވެސް ވަނީ މަނާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ