ނާއިބު ރައީސް ބަންގްލަދޭޝްއަށް ފުރައިވަޑައިގެންފި

ނާއިބު ރައީސް ބަންގްލަދޭޝްއަށް ފުރައިވަޑައިގެންފި

Author
މުޙައްމަދު ޖިމީ
21 ނޮވެމްބަރ 2021 09:59
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރައިީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، މުޙިއްމު މުއައްސަސާތަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވެެއެވެ.

މި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެންޕްލޯއިމެންޓް އިމްރާން އަޙްމަދު، އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޑިޕޫ މޯނީ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 24 ނޮވެންބަރު 2021 ގައެވެ. ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތުމީހާ
މީޗުއްޓީހޭދަކުމައްް ލިބުނުފުސަތެެއްގެެ ގޮތުގަނުބަލާާ ލިބޭމިންވަރަކުންް ރައްޔިތުންގެެ ޙައްގުތައްް ކަށަވަރުކޮއްދީީ މިހާރުވެސްް ޖޫރިމަނާކޮއްކޮއްް ހުރިހާރައްޔިތުންް ހަފުސްވެއްޖެެ އަދިވެސްް ތިބަލަނީީ އިތުރައްވެސްް ރައްޔިތުމީހާާ ޖޫރިމަނާކުރެވޭނެެ ގޮތެއްފެނޭތޯޯ ތިހިންނުހަދާާ ކަންޓާާ ފެނުގެެ އަގުތައްް ކުޑަކުރޭޭ އަދިި ކުނިއުކުންވެސްް ހިލޭދޭޚިދުމަތަކައްހަދާާ ފަގީރުު ނިކަމެތިމީހާއައްް ބޮޑައްް މަންފާލިބޭނެެ ގޮތަކައްް ކަންކަންް ބައްޓަންކުރޭޭ