އިދިކޮޅުގެ ބޮޑު ހިނގާލުމަށް ފުވައްމުލަކުގައި

އިދިކޮޅުގެ ބޮޑު ހިނގާލުމަށް ފުވައްމުލަކުގައި

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2021 11:14
0

މިނިވަންކަމުގެ ދިފާއުގައި ޞުލްޙަވެރިކަމާއެކު ސިޔާސީ ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

މިހިނގާލުމަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށާއި، އިންޑިއާއާއިއެކު ހަދާފައިވާ ގޮތްނޭގޭ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލައި ބޭއްވި ސުލްހަވެރި ހިނގާލުމެކެވެ. ޤައުމީ ކުލަތަކުގައި ބޭއްވި ފުވައްމުލަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މިއީ ފުވައްމުލަކުގައި މިހާތަނަށް ބޭއްވުނު އެންމެބޮޑު ޞުލްޙަވެރި ސިޔާސީ ޙަރަކާތްކަމަށާއި، ރައްޔިތުންގެ އަޑަކީ މިނިވަންކަން ދިފާޢުކުރާނެކަމާއި އެމްޑީޕީގެ މަކަރުވެރި ސިޔާސަތައް ދެން ޖާގަނުދޭނެކަން އެ ހިނގާލުމުން ފެނިގެން ހިނގައްޖެކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް ވަނީ މި ހިނގާލުމާއި ގުޅޭގޮތުން ވިދާޅުވެފައެވެ.

އުތުރާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އިރު، މިއީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރެއެވެ. ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި އިންޑިއާގެ ބޭނުމަކީ ރާއްޖެ އަޅުވެތި ކުރުން ނޫން ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެހީތެރިވުން ކަމަށް ވެސް އެ ގައުމުން ކުރިން ބުނެފައިވެއެވެ. އިގްތިސާދީ ސަރަހައްދާއި އެކިއެކި އޮޕަރޭޝަންތައް ހިންގުމަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުން ކުރަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ދަށުންނެވެ.

އިދިކޮޅުން އަންނަނީ ޤައުމުގެ މިނިވަކަމުގެ ދިފާޢުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުމަށް ގޮވާލާ ގިނަހަރަކާތްތަކެއް ބާއްވަމުންނެވެ. މިގޮތުން މާލެ އާއި އަތޮޅުތެރޭގައި ބާއްވާ މިފަދަ އެއްވުންތަކާއި ހަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޙްމަދު
ލާހޫރޭމެންނާއެކު ދިޔައީ 66 މީހުނޭ ކިޔާއަޑުއިވޭ ހައްތާވެސް ބޯގަޅިން ވަގުލުކުރާ ގުރޫޕުގެ މީހުންތާާ އެހަނދު އޮެށްސިއްޖެ ހަނދާންނަށްތާލާފައި ގޭގައި ތިއްބަވައިި ޝުކުރިއްާ