އެއްފައި މަތީގައި ހުރެ، ފަހަތަށް ބުރު އެޅުމުގެ ދުނިޔޭގެ ރެކޯޑް ގާއިމް ކޮށްފި

އެއްފައި މަތީގައި ހުރެ، ފަހަތަށް ބުރު އެޅުމުގެ ދުނިޔޭގެ ރެކޯޑް ގާއިމް ކޮށްފި

Author
ހުސެއިން
17 ނޮވެމްބަރ 2021 05:09
0

އެއް ފައި މަތީގައި ހުރެ، 30 ސިކުންތުގެ ތެރޭގައި ފަހަތަށް ބުރު އެޅުމުގެ ދުނިޔޭގެ ރެކޯޑު، މެދު އިރުމަތީގެ އެތުލީޓަކު މުގުރާލައިފިއެވެ.

ތަޖުރިބާހުރި ޖިމްނާސްޓެއް ކަމުގައިވާ، އައްޔޫބް ތައުބެ ވަނީ، 30 ސިކުންތުގެ ތެރޭގައި 12 ފަހަރަށް، އެއްފައި މަތީގައި ހުރެ ބުރު އަޅާފައެވެ. މިއީ މިހާތަނަށް އަދި އެއްވެސް މީހަކަށް ދުނިޔޭގެ އެހެން އެއްވެސް އެތުލީޓަކަށް ހާސިލް ކުރެވިފައިވާ ރެކޯޑެއް ނޫނެވެ. އޭނާ މި ރެކޯޑް ގާއިމް ކޮށްފައިވަނީ ޤަތަރުގައެވެ.

ބުރުއެޅުމަކީ، ހަމް ބުރެއް އެޅިގެންދާއިރު، ބޯ ބިމާއި ހަމަވެގެން ދާއިރު، ސީދަލަށް މައްޗަށް ދެފައި ހުންނަ ގޮތަށް، ޖިމްނާޒްޓިކްގައި ގެންނަ ހަރަކާތެކެވެ.

ބުނެވޭ ގޮތުގައި، އައްޔޫބުއަކީ، އެއްފައި މަތީގައި ހުރެގެން ނުހުއްޓި މިގޮތަށް ފަހަތަށް ބުރު އަޅާލެވޭ މަދު މީހުންގެ ތެރޭގައި ހިމެނޭ އެއް އެތުލީޓެވެ. މިގޮތަށް ބުރު އަޅާއިރު، ފަޔަށާއި އަދި މައި ބަދައަށް ކުރާ ޕްރެޝަރުގެ ބޮޑުކަމުން، އެންމެ ތަޖުރިބާހުރި އެތުލީޓުންނަށްވެސް މި ހަރަކާތް އަވަސްމިނުގައި ގެނައުން ވެގެންދަނީ ދަތި ކަމަކަށެވެ.

މިރޮކޯގެ ރައްޔިތެއް ކަމުގައިބާ އައްޔޫބު މިހުނަރު ދަސްކޮށްފައިވަނީ އޭނާ 23 އަހަރު ކެރިއަރުގައި ކުރި މަސައްކަތުންނެވެ. އަދި އޭނާ މި ރެކޯޑް ގާއިމް ކޮށްފައި މިވަނީ އުމުރުން 32 އަހަރުގައެވެ.

އައްޔޫބު އޭނާގެ އެތުލީޓުގެ ހަޔާތް ފައްޓާފައިވަނީ، އުމުރުން އެންމެ 8 އަހަރުގައި، 1998ވަނަ އަހަރު އޭނާގެ ބައްޕަގެ ޖިމްނާސްޓިކް ހަރަކާތްތައް ކޮޕީ ކޮށްގެންނެވެ. އަދި އޭގެ މާ ފަހުގެ ތާރީޚެއްގައި ޕްރެފެޝަނަލް ތަމްރީން ހޯދަން ފެށި އައްޔޫބުއަކީ މެޑިކަލް އިންޓިޓުއަކުން ފުރަތަމަ ޑިގް ހާސިލް ކޮށްފައިވާ ޒިވާނެކެވެ.

އޭނާ އެތުލީޓެއްގެ ގޮތުން ތަމްރީން ހޯދަމުން ދިޔައިރު އެތައް އަނިޔާތަކެއް ވަނީ ލިބިަފއެވެ. އައްޔޫބު މިހާރުދަނީ އެހެނިހެން ފަރާތްތަކަށް ޖިމްނާސްޓިކް ދަސްކޮށް ދިނުމުގެ ގޮތުން ތަމްރީންތައް ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.