ކޯވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 248 އަށް

ކޯވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 248 އަށް

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2021 12:21
0

ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޯވިޑަށް ފަރުވާދެމުން އަނަނިކޮށް ނިޔާވެފައިވަނީ ހުލުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 75 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި248 ވަނަ މީހާއެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، އެޑްމިޓްކޮށްގެން ފަރުވާދންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ ރެކޯޑް ޢަދަދަށް ދަށްވެފައެވެ. އެގޮތުން މިހާރު ކޯވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 10 މީހަކަށެވެ.

ކޯވިޑްގެ ހާލަތު އެންމެ ގޯސްވެގެން ސިޔަ ދުވަސްވަރު އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިއަހަރުގެ މެއި މަހުއެވެ. އެމަހު އެކަނިވެސް 88 މީހަކު ނިޔާވެފައިވެއެވެ. އަދި ފާއިތުވި އޮކްޓޫބަރު މަހު ނިޔާވެފައިވަނީ 12 މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.