ހުޅުމާލޭގެ ބޮޑު މިސްކިތް މަރާމާތު ކުރުމަށްޓަކައި ބީމަލަށް ލުމާއިއެކު ގިނަ ރައްޔިތުން ތަކެއްގެ ޚިޔާލު ލިބިފައިވާ ކަމަށާއި، ހުޅުމާލޭ ބޮޑު މިސްކިތް މަރަމާތު ކުރެވިގެންދާނީ ހުޅުމަލޭގެ ރައްޔިތުން އެދޭ ގޮތަށް ކަމުގައި އެދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ބޮޑު މިސްކިތުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބީލަށް ލާފައެވެ. މިސްކިތަށްދާ ހުޅުމާލޭގެ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކީ މިކިތުގެ ތެރޭގައި ފާޚާނާ ހުރުމެވެ. މިކަމުގެ ސަބަބުން މިސްކިތުގައި ނަމާދުކުރާ މީހުންނަށް ގިނަ ދަތިތަކާއި ކުރިމަތިވެއެވެ. މިކަމަށް ހައްލެއް ހޯދުމަކީ ހުޅުމާލޭގެ ބޮޑު މިސްކިތް ބޭނުން ކުރަމުންދާ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. ނަމަވެސް މިހާތަނަށް މިކަމަށް އެއްވެސް އެދެވޭ ހައްލެއް ގެނެސްދެވިފައި ނުވެއެވެ.
މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހުރި މިފަދަ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ހުޅުމާލޭގެ ބޮޑު މިސްކިތަަށްވެސް ގެންނަންޖެހޭ މަރާމާތުތައް ގެނައުމަށް މިހާރުވަނީ ބީލަމަށް ލާފައެވެ. ނަމަވެސް ހުޅުމާލޭގެ ރައްޔިތުން ބޭނުންވަނީ އެމިސްކިތުގެ މަރާމާތު ކުރެވިގެންދާއިރު، މިސްކިތުގެ މިހާރުގެ ފާޚާނާބަރި އާއި ވުޞޫކުރާ އިސްކުރުބަރި މިސްކިތުގެ ބޭރަށް ލެވޭނެ ގޮތެއްވުމަށެވެ.
ހުޅުމާލެ ބޮޑު މިސްކިތް (ގުއްބު މިސްކިތް)ގެ ބޮޑު މަރާމާތައް ބީލަމަށް ހުޅުވާލެވުނު ހިނދު، ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންނާއި މިސްކިތުގެ އަޚުލުވެރިން ބޭނުންފުޅުވީ މިސްކިތުގެ މިހާރުގެ ފާޚާނާބަރި އާއި ވުޞޫކުރާ އިސްކުރުބަރި މިސްކިތުގެ ބޭރަށް ލެވޭނެ ގޮތެއްވުމަށެވެ. އަޅުގަނޑު މާލެ ސިޓީ ކައުންސިލްގެ ޑިޒައިނަރުންނާއި ސަރވެޔަރުންނާއި އެކު އިއްޔެވާނީ އެސަރަހައްދު ބަލާ ސަރވޭކޮށް ނިންމާފައެވެ. ހުޅުމާލެ ރައްޔިތުން އެދޭގޮތައް އެބަދަލު މޭޔަރ މުއިއްޒު ގެނެސްދެއްވާނެއެވެ.
– ޝުޖާ ވިދާޅުވިއެވެ.
ހުޅުމާލެ ބޮޑު މިސްކިތް (ގުއްބު މިސްކިތް)ގެ ބޮޑު މަރާމާތައް ބީލަމަށް ހުޅުވާލެވުނު ހިނދު،ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންނާއި މިސްކިތުގެ އަޚުލުވެރިން ބޭނުންފުޅުވީ މިސްކިތުގެ މިހާރުގެ ފާޚާނާބަރި އާއި ވުޞޫކުރާ އިސްކުރުބަރި މިސްކިތުގެ ބޭރަށް ލެވޭނެ ގޮތެއްވުމަށެވެ.1/2 pic.twitter.com/7nIUbRGAD8
— Ibrahim Shujau (@IbrahimShujaau) November 16, 2021
މިބަދަލު ގެނައުމަށްޓަކައި ހުޅުމާލޭ ދާއިރާގެ ކައުންސިލަރާއި މިސްކިތް ބޭނުން ކުރާމީހުން ވަނީ ބައްދަލުކޮށް އެކަންކަން ހުށަހަޅާފައެވެ. އަދި އެބޭފުޅުންގެ ކަންބޮޑޫވުންތަކާއިއެކު މިސްކިތަށް ގެންނަންޖެހޭ މަރާމާތުތަކުގެ ތެރޭގައި މިކަން ހިމެނިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ޝުޖާ ވަނީ ދެއްވާފައެވެ.