ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހި ޕައިލެޓުން ނަގާނެ ޤާބިލްކަން ނެތް: މާރިޔާ

ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހި ޕައިލެޓުން ނަގާނެ ޤާބިލްކަން ނެތް: މާރިޔާ

Author
މުޙައްމަދު ޖިމީ
13 ނޮވެމްބަރ 2021 02:05
0

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ޑޯނިޔަރ މަތިންދާ ބޯޓު ދުއްވަން ވަޒީފާއަށް ދިވެހިން ނަގައިގެން ދިވެހި ދައުލަތުން ފައިސާ ޚަރަދުކުރާނެ ޤާބިލްކަން ނެތްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތްކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާއެކު ސޮއިކޮށްފައިވާ އަސްކަރީ ގުޅުމުގެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން ދަނީ ކުރަމުންނެވެ. އެގޮތުން، އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާ ކުރުމަށް ދެ ގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ވެފައިވާ އެއްބަސްވުން  ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ވަނީ ހުށައަޅާފައެވެ.

އެ ޕްރެޒެންޓޭޝަނަށްފަހު ކޮމިޓީގެ މެންބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އެހެން ޤައުމުތަކުގައި އަސްކަރީ ޕައިލެޓުންނަށް ދެވޭވަރުގެ މުސާރަ ދިނުމުގެ ޤާބިލްކަމެއް ދިވެހި ދައުލަތުގައި ނެތްކަމަށެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ޑޯނިޔާމަތިންދާ ބޯޓާއި އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރު މަރާމާތުކޮށް ބަލަހައްޓަމުން ގެންދިއުމަކީވެސް ދިވެހި ދައުލަތަށް ފަސޭހަކަމެއް ނޫންކަމަށެވެ. އެމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގައި ދުއްވާ ސީ އެމްބިއުލާންސްތައްވެސް މަރާމާތުކޮށް ބެލެހެއްޓެނީ ކިރިޔާކަމަށެވެ. އެހެންކަމުން އެހުރިހާކަމެއް ކުރަނަމަ ދައުލަތަށް ވަރަށް ބޮޑު ޚަރަދެއްކުރަންޖެހޭނެކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާގެ ވާހަކަފުޅުގައި މިއީ ހަމައެކަނި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި، ކުރިންވެސް އެފަދަ ވިސްނުން ހުރިކަމަށް ވިދާޅުވިއެވެ.

ޑޯނިޔަރ މަތިންދާ ބޯޓު ދުއްވަން ވަޒީފާއަށް ދިވެހިން ނަގައިގެން ދިވެހި ދައުލަތުން ފައިސާ ޚަރަދުކުރާނެ ޤާބިލްކަން ނެތްކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުންނަށް ދީފައިވަނީ މިމަހުގެ 9ގައެވެ. ސަރުކާރުން ވަނީ އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ރާއްޖެއިން އިންޑިއާއެކު ހަދާފައިވަ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި، އިންޑިއާއިން ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭ ނުވަތަ ކަނޑުގެ އަޑި ޗާޓު  ބޭނުންކޯށްގެން ފައިދާ ނަގާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރަށްވަނީ ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.  އަދި އިދިކޮޅުން ދަނީ އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ޤައުމީ ހަރަކާތެއްވެސް ހިންގަމުންނެވެ. އަދި އެހަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވެ މިކަމުގެ ޚަބަރުތައް ވަނީ ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަމަށްވެސް އައިސްފައެވެ. މިކަމުގެ ސަބަބުން ސަރުކާރަށް އޮތް ޕްރެޝަރ އިތުރުވެފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
ގާބިލްކަންނެތްތަންތަނުގާ މަގާމުގެގާބިލްކަންވެސްމުހުންނާނެ ރަގަޅުވާނީއިސްތިއުފާދިނުން.އެއްމެރަގަޅުވާނީ
ބ ބޭބެ
ކީރިތިﷲގެ މަތިވެރި އިސްމުފުޅުން ފަށާފައިވާ ޤާނޫނުއަސާސީ މަށްޗަށް ކަލޭ ފައިން އެރީ ކަލޭގެ ކޮންޤާބިލުކަމެއް ހުރެގެންތަ އަޅެބުނެބަލަ
ި ި ޚަބިލި
ތިބުނާ ބޯޓުގަޑު މިރަާއްޖެ އަކަށް ބޭނުމެއް ނުވޭ ތިތިބީ އިންޑިޔާ މީހުންގެ ގުއިރޯ ނުގާ ޖެހިފާ
ތ ތަރިކަ
މާރިޔާ ގައިގާ ޤާބިލުކަން ނެތީ ދެއްކި ވާހަކަ ތާހިރެއްނޫންތަ!މާރިޔާގެ ޤާބިލުކަން ހުންނާނީ މަޖުލިސް ތެރޭގާ އަޑުގަދަކޮށްފާ ޤާނޫން އަސާސީއަށްފައިން އަރަން
ެ ެތަކުރު
މާރިޔާ އަޅެ ތިޔަ ހީކުރަނީ މިގައުމުގައި ތިބި ދިވެހިންނަކީ ބޯގަމާރު ބައެއް ކަމަށްތަ..ތިޔަކަހަލަ ވާހަކަ ދެއްކީމާ ތިމާގެ ގާބިލުކަން ނެތްކަމާއި ބޯ ހަމަނުޖެހޭކަން ނޫންކަމެއް ނުފެންނާނެ.މި ގައުމުން 10ވަރަކަށް ޕައިލެޓުންނަށް މުސާރަ ދެވެން ނެތް ވާހަކަ ބުނީމާ ތިޔައީ ކަނޑު ކޮހެކޭ ބުނެ ނިންމާލަން ޖެހޭނީ..އެހެންވީމާތާ ޤާނޫނަށް ފައިން އަރައި ޤައުމުގެ ސަލާމަތީ ބާރުތަކަށް ހަޑިހުތުރު ބަހުން އަވަގުރާނަގޮވައި އެމީހުންގެ ފަހަތުން ހޯއްގޮވަމުން ދުވީ.