އިދިކޮޅުގެ މިނިވަންކަމުގެ ހިނގާލުން މިއަދު

އިދިކޮޅުގެ މިނިވަންކަމުގެ ހިނގާލުން މިއަދު

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2021 02:29
0

މިނިވަންކަމުގެ ދިފާއުގައި މިނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިއަދު ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ 15:45 ގައި ބޮޑު ތަކުރުފާނު މަގު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. އިދިކޮޅު ކޮޅު ކޯލިޝަނުން ބުނެފައިވަނީ މިހިނގާލުމަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށާއި، އިންޑިއާއާއިއެކު ހަދާފައިވާ ގޮތްނޭގޭ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލައި ބާއްވާ ސުލްހަވެރި ހިނގާލުމެއް ކަމަށެވެ.

މި ހިނގާލުމުގައި ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕް ބޭފުޅުން ބައިވެރިވާނެކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ، އެ ގައުމުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވާށެވެ. އުތުރާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އިރު، މިއީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރެއެވެ.

ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި އިންޑިއާގެ ބޭނުމަކީ ރާއްޖެ އަޅުވެތި ކުރުން ނޫން ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެހީތެރިވުން ކަމަށް ވެސް އެ ގައުމުން ކުރިން ބުނެފައިވެއެވެ. އިގްތިސާދީ ސަރަހައްދާއި އެކިއެކި އޮޕަރޭޝަންތައް ހިންގުމަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުން ކުރަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.