މޯލްޑިވްސް ނެޝަނަލް ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ފާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި، ލީޑަރޝިޕް އަދި އެގްޒެކެޓިވް ކައުންސިލް މެންބަރުން މިއަދު ކ.ހިންމަފުއްޓަށް ދަތުރުފުޅެއް ކުރައްވައިފިއެވެ.
އެއްދުވަހުގެ މިދަތުރުގެ އެންމެ ބޮޑު އަމާޒަކީ ކ.އަތޮޅުގައި އެމްއެންޕީގެ މެންބަރޝިޕް އިތުރުކުރުމާއި، ޕާޓީގެ ހަރަކާތްތައް ސެންޓްރަލް ރީޖަންގައި ފުޅާކޮށް ހިންގުންކަމަށް އެޕާޓީން ބުނެފައިވެއެވެ. މިދަތުރުގެ ތެރެއިން ހިއްމަފުށީގައި ތިއްބެވި ފާޓީގެ މެންބަރުންނާ ބައްދަލުކޮށް އެރަށުގައި އެމްއެންޕީގެ ހަރަކާތްތައް ފުޅާކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން ހިއްމަފުށީގައި ހަރަކާތްތެރިވާ ޒުވާނުންގެ ބައެއް ކުލަބު ޖަމުޢިއްޔާތަކާ ޕާޓީގެ ލީޑަރޝިޕުން ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އައްސަވާ، އެހީތެރިވެދެވެން ހުރި ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ދެންނެވިއެވެ.
އެމްއެންޕީއަށް މެންބަރުން އިތުރުކުރުމުގެ ތެެރެއިން އެމްއެންޕީގެ ޓީމުން ވަނީ ހިންމަފުށީގައި ޑޯޓުޑޯ ހަރަކާތެއް ހިންގައި، ރައްޔިތުންގެ ހާލުބައްލަވައި އެމްއެންޕީއާ ގުޅުމަށް ދަޢުވަތު ދެއްވަވާފައެވެ. އެގޮތުން ހިއްމަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މިއަދު އެމްއެންޕީއާ ގުޅިފައެވެ. ޚާއްޞަކޮށް ރަށުގެ ޒުވާނުންގެ ފަރާތުން އެމްއެންޕީއާ ގުޅުމަށް ބޮޑު ތަރުހީބެއް ލިބުނުކަން ވަނީ ފާހަގަކޮށްފައެވެ.
މިއަދު މިކުރި ދަތުރުގައި ހިއްމަފުށިން އެމްއެންޕީއާ ގުޅުނު ހުރިހާ ފަރާތްތަކަށް ޕާޓީގެ ލީޑަރޝިޕުން ވަނީ މަރުހަބާ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ