ކޯވިޑް ޖެހިގެން ރާއްޖެއިން ދެމަހުގެ ކުއްޖަކު ނިޔާވެއްޖެ

ކޯވިޑް ޖެހިގެން ރާއްޖެއިން ދެމަހުގެ ކުއްޖަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2021 04:19
0

ކޯވިޑް-19 ޖެހިގެން ރާއްޖެއިން ދެ މަހުގެ ކުއްޖަކު ނިޔާވެއްޖެއެެވެ.

ކޯވިޑް ޖެހެގެން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ތުއްތު ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ މިއަދު މެންދުރު 12:00 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ތުއްތު ކުއްޖާއަކީ ނ. މަނަދޫއަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީވެސް ޑޮކްޓަރަށް ދެއްކުމަށް އެރަށުން މާލެ ގޮސްގެން އުޅެނިކޮށެވެ. އެ ކުއްޖާގެ އާއިލާއިންވެސް އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

މީގެ ކުރިން ރާއްޖެއިން ކޯވިޑްގައި ނިޔާވި އެންމެ ހަގު ކުއްޖާގެ އުމުރަކީ 10 އަހަރެވެ. އެއީ އަންހެން ކުއްޖެކެވެ. ރާއްޖެއިން އިއްޔެވެސް ކޮވިޑްގައި މީހަކު ނިޔާވެފައި ވެއެވެ. އިއްޔެ އެ ބަލީގައި ނިޔާވީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 84 އަހަރުގެ ފިރިހެނެކެވެ.

މިއަދު ނިޔާވި ކުއްއަކީ ރާއްޖެއިން ކޯވިޑްގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.