މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ހަރަކާތްތައް އަތޮޅު ތެރޭގައި ފުޅާކުރުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން އެޕާޓީގެ އޮފީހެއް އައްޑޫ ސިޓީ ފޭދޫ އަދި ހިތަދޫގައި ހުޅުވައިފިއެވެ. އެމްއެންޕީ އައްޑޫސިޓީ ހިތަދޫ އޮފީސް އަދި ފޭދޫ އޮފީސް އަދި އެދެރަށުގައި ޒުވާނުންގެ ލައުންޖް ހުޅުވައިދިނީ އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްއެވެ.
އެމްއެންޕީގެ ލީޑަރޝިޕް ސައުތަށް ކެރާ ދަތެރެ ތެރެއިން: އެމްއެންޕީ އައްޑޫސިޓީ ހިތަދޫ އޮފީސް އަދި ޒުވާނުންގެ ލައުންޖް ހުޅުވައިދިނުމަށްފަހި ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ ވާހަކަ ދެއްކުން#MNPTrips #MNPSouthRegion #MNPAddu pic.twitter.com/FlJPBjN3b2
— Maldives National Party (@MNP_Secretariat) November 6, 2021
އެމްއެންޕީގެ ލީޑާޝިޕުން ރާއްޖޭގެ އެންމެ ދެކުނަށް ކުރަމުންދާ ދަތުރަކީ އެޕާޓީގެ މެންބަރުންނާ ބައްދަލުކޮށް، ޕާޓީގެ ހަރަކާތްތައް ރީޖަންތަކުގައި ހިންގުމުގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެކަމަށް ކުރާ ދަތުރުތަކެކެވެ.

އެގޮތުން މިދަތުރުތަކުގައި އެންމެ ފުރަތަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ މަރަދޫ، ފޭދޫ، މަރަދޫ ފޭދޫ އަދި ހިތަދޫއަށެވެ. އަދި މިމަހުގެ 7 ވަނަ ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ މީދޫ އާއި ހުޅުދޫއަށެވެ. އަދި ފުވައްމުލައް ސިޓީއަށް ދަތުރުކުރަނީ މިމަހު 8 އިން 9އަށެވެ.
އެމްއެންޕީގެ ލީޑަރޝިޕް ސައުތަށް ކެރާ ދަތެރެ ތެރެއިން: އެމްއެންޕީ އައްޑޫސިޓީ ފޭދޫ އޮފީހާއި ޒުވާނުންގެ ލައުންޖް ހުޅުވުން، މިއޮފީހާއި ލައުންޖެ ހުޅުވައިދެއްވީ ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް އަދި ނާއިބު ރައީސް އަޙްމަދު އުޝާމް#MNPTrips #MNPSouthRegion #MNPAddu pic.twitter.com/qgcWEFwBu0
— Maldives National Party (@MNP_Secretariat) November 6, 2021
އެމްއެންޕީގެ މި ދަތުރަކީ އެޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެމްއެންޕީން ބުނެފައިވަނީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައެވެ. އެމްއެންޕީއަކީ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވާ އެންމެ ހަނގު ސިޔާސީ ޕާޓީއަށް ވިޔަސް އެޕާޓީގައި ސިޔާސީ ގޮތުން ތަޖުރިބާ ހުރި ގިނަ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ.
ކޮމެންޓު ފޮނުވާ