އަލިފާނުގެ ހާދިސާގެ މަރާމާތަށްފަހު ހުކުރު މިސްކިތް ހުޅުވައިފި

އަލިފާނުގެ ހާދިސާގެ މަރާމާތަށްފަހު ހުކުރު މިސްކިތް ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2021 11:21
0

މާލޭ ހުކުރު މިސްކިތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ ހިނގި އަލިފާނުގެ ޙާދިސާއާއި، ގުޅިގެން މާލޭ ހުކުރު މިސްކިތް ވަގުތީގޮތުން ބަންދުކޮށް ކުރަންޖެހޭ މަރާމާތަށްފަހު މިސްކިތް އަލުން ހުޅުވައިފިއެވެ.

ހުކުރު މިސްކިތުގައި ކަރަންޓު ޝޯޓުވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ކަރަންޓު ނަރުތައް ހަލާކު މިސްކިތަށް އެކި ވަރުގެ ގެއްލުންތަކެއް ލިބިފައިވާތީ މިސްކިތް ވަނީ ބަންދުކޮށް އެމައްސަލަތައް ހައްލުކޮށްފައެވެ.

އަލިފާނުގެ ޙާދިސާއާއި، ގުޅިގެން މާލޭ ހުކުރު މިސްކިތް ހުޅުވާފައިވަނީ ރޭ ފަތިސްނަމާދަށްފަހުއެވެ. ހެރިޓޭޖް މިނިސްޓްރީން ބުނެފައިވަނީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދަފްތަރު ކުރެވިފައިވާ މި މިސްކިތުގެ ޢިމާރާތް ރައްކާތެރިކުރުމަކީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޒިންމާއެއް ކަމަށެވެ.

މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ކުރިއަށްގެންދިޔަ މަސައްކަތަށްފަހު މާލޭ ހުކުރު މިސްކިތް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.