ޝަހީދު ހުސެއިން އާދަމްގެ ކޮއްކޮ ޢަބްދުއްރަޝީދު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިވަޑައިގެންފިއެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ އެމްއެންޕީން ކުޅުއްދުފުށި ސިޓީގައި ބޭއްވި ޚާއްސަ ޖަލްސާގައި ޢަބްދުއްރަޝީދު އެމްއެންޕީއާއި ގުޅިވަޑައިގެން ފޯމް ހަވާލު ކުރެއްވީ އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްއާއިއެވެ. މިޖަލްސާގައި ނާޒިމްއާއި، އެމްއެންޕީގެ އިސްބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ޝަހީދުންގެ ހަނދާތައް މިޖަލްސާގައި ވަނީ އާކޮށް، އެބޭފުޅުންގެ މަތިވެރި ޤުރުބާނީގެ ވާހަތައް ހިއްސާ ކުރައްވާފައެވެ.
1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަސް ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ތާރީޚް ނުދެކޭފަދަ ބިރުވެރި ކަންތައްތަކަކާ ދިވެހިން ކުރިމަތިލާންޖެހުނު ދުވަހަކަށެވެ. ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވަނީ 1988 ވަނައަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ. ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކައެވެ.

އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލެ، ދިވެހި ޤައުމަށް ޣައްދާރުވި އަދާވާތްތެރިންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ހަތިޔާރާއެކު ދިވެހި ސިފައިންގެ މައި މަރުކަޒަށް ޙަމަލާދެމުން ގެންދިޔައެވެ. މި ޙަމަލާތަކުން ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ނިކުތް ސިފައިންގެ 8 ބޭފުޅަކު ބާޣީންގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެގެންދިޔައެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުކޮށްލި 11 މީހުންނާއެކު ޖުމްލަ 19 މީހުން މި ޢުދުވާނީ ޙަމަލާގައި ވަނީ ޝަހީދުކޮށްލާފައެވެ.
މި ނުރައްކާތެރި އުދުވާނުން ދިވެހި ސަލާމަތްކޮށްދެއްވި ބަތަލަކީ ޝަހީދު ހުސެއިން އާދަމެވެ.
ކޮމެންޓު ފޮނުވާ