ސްޓެލްކޯގެ ވޯކްޝޮޕުން އާމޮޑެލްއެއްގެ ޖަނަރޭޓަރެއް ބާޒާރަށް ނެރެނީ

ސްޓެލްކޯގެ ވޯކްޝޮޕުން އާމޮޑެލްއެއްގެ ޖަނަރޭޓަރެއް ބާޒާރަށް ނެރެނީ

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2021 08:43
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އަމިއްލަ ވޯކްޝޮޕް، ސްޓެވޯއިން އެސެމްބަލްކުރާ ސްޓެވޯ ބްރޭންޑުގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް އެސެމްބަލްކޮށް، ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.

ސްޓެވޯ އިން އެސްޓީޑަބްލިޔުގެ ތިން މޮޑަލްއެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ވަނީ ތައާރަފުކޮށްފައެވެ. އެއީ STW300،  STW600 އަދި STW800 އެވެ. އެ ޖަނަރޭޓަރު މިހާރު ވަނީ ވ. ތިނަދުއަށް ފޮނުވާލަން ތައްޔާރުވެފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓޭލްކޯއިން ވަނީ މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯ އިން ހަކަތަ އުފައްދާ ސިސްޓަމްތަކުގެ ސިނާއަތަށް ނުކުމެ، އެކުންފުނީގެ ވޯކްޝޮޕް ހުޅުވީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި އެތަނުން ޕަވާ ސިސްޓަމް ޑިޒައިން ކުރުމާއި ޕަވާ ޖަނަރޭޓަރު ސާވިސަސް އަދި ޖަނަރޭޓާ އެސެމްބްލި ހިދުމަތުގެ އިތުރުން، ޖަނަރޭޓަރު ސާވިސަސްގެ ހިދުމަތް ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.