އިތުރު 131 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 131 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ހުސެއިން
01 ނޮވެމްބަރ 2021 10:06
0

ރާއްޖެއިން އިތުރު 131 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ވަނީ 131 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 28 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 95 މީހުންނެވެ. އަދި ރިސޯޓްތަކުން 08މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ ކޯވިޑް ކޭސްތައް، ޚާއްސަކޮށް ރަށްރަށުން ރިޕޯޓްކުރާ ކޭސްތައް ކޮންމެވެސް ވަރަކަށް އިތުރުވާން ފެށުމާއެކު، މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ އިތުރުވާން ފަށާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 1،836 ގައެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން 29 މީހަކަށް މިހާރުދަނީ ފަރުވާ ދެމުންނެވެ.

މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 85،823 އަށް އަރާފައެވެ. މިބަލީގައި މިހާތަނަށް 243 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޯވިޑަށް ޓެސްޓު ކުރުމަށްޓަކާ 4،018 ސާމްޕަލެއް ވަނީ ނަގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.